
ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި، މަރުވަމުންދާ މީހުންގެ ޢަދަދުތަކަށް ބަލާއިރު، މި ރޯދަމަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 224 އަށްވުރެ ގިނަމީހުން މަރަލާފައިވާކަން ހާމަވެއްޖެއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އިނގިރޭސި ވިލާތަށް ނސްބަތްވާ، ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަންރައިޓްސް އިން ހާމަކުރާގޮތުގައި މިފަހަރު މަރާލި މި އެންމެންވެސް މަރާލާފައިވަނީ، ރަޝިޔާއާއި، ސޫރިޔާގެ ސަރުކަރުން ދިން ޙަމަލާތަކުގައެވެ. މަރުވި މީހުންގެ ތެރޭގައި އާދައިގެމަތިން ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
ސުރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރުގެ އެޤައުމުގެ ސަރުކާރާދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފެށި މުޒާހަރާތަކަށްފަހުއެވެ.
އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް 280000 މީހުން މި ހަމަނުޖެހުންތަކުގައިވަނީ މަރުވެފައެވެ.