
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ (ހދ) ގެ ތިން ރަށަކަށް ފުރައިވަޑައިގެންފިއެވެ.
އެމަނިކުފާނު ވަޑައިގަންނަވަނީ ކުޅުދުއްފުށްޓަށާއި ނޮޅިވަރަމަށާއި ހަނިމާދޫއަށެވެ. މި ރަށްރަށަށް އެމަނިކުފާނު ފުރައިވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މި ތިން ރަށުގެ އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އެތަންތާނގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.