

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނުމެޗްތަކުން ސްޕެއިނާއި އިޓަލީ މޮޅުވެއްޖެއެވެ.
ރޭ ސްޕެއިން ނިކުތީ، ޗެކްރިޕަބްލިކް އާ ދެކޮޅަށެވެ. މިމެޗް ސްޕެއިން ކާމިޔާބުކުރީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ 87 ވަނަ މިނެޓް ތެރޭގަ ޖެރާޑް ޕީކޭއެވެ.
ރޭގެ ދެވަނަ މެޗުގައި ބެލްޖިއަމް އާ އިޓަލީ ބައްދަލުކުރިމެޗް ދޭއް ސުމެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ އިޓަލީއެވެ. ފުރަތަމަ ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައި ގިއަޗެރްނީއެވެ. އިޓަލީގެ ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެއްލޭ އެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗުތަކަކީ އޮސްޓްރިއާ އާއި ހަންގޭރީގެ މެޗާއި، ޕޯޗްގަލްއާއި އައިސްލޭންޑްގެ މެޗެވެ. އޮސްޓްރިއާ އާއި ހަންގޭރީގެ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ. ޕޯޗްގަލްއާއި އައިސްލޭންޑް މެޗު އޮތީ މިރޭ މެންދަމު 00:00 ގައެވެ.