
އިިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއަށް ދަރިއަކު ލިބެން އުޅޭކަން އެމީހުން އިއުލާން ކޮށްފިއެވެ.
ވިރާތާއި އަނުޝްކާގެ ސޯޝަލްމީޑިއާގައި މިކަން އިއުލާންކޮށް މިއަދު ޕޯސްޓުކުރި ފޮޓޯއާއެކު ލިޔެފައިވާ ގޮތުގައި އެމީހުންގެ ދަރިފުޅު އުފަންވާނީ 2021ވަނަ އަހަރުގެ ޖެނުއަރިީ މަހުއެވެ. އަނުޝްކާއާއި ވިރާތް ކާވެނިކުރީ 2017ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. ކާވެނިކުރީ އިޓަލީގެ ޓަސްކެނީގައެވެ.