ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިޔާގެ ތާޖް މަހަލަށް ޒިޔާރަތްކުރައްވައިފި

އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު، އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ އެޤައުމުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރާއި، ރައީސާއި، ނާއިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާ ވަނީ ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ މިބަޔާނުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބަވަނީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދުގެ ޚާއްޞަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބަވަންގައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.