މަހާތީރުގެ 100 ދުވަސް: ރައްޔިތުންނަށް އޮޅުވާލުމާއި ދޮގު ވައުުދު

މި އަހަރު މެލޭޝިޔާގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރުމަށް މަހާތީރު މުޙައްމަދާއި ގުޅިފައިވާ އިއްތިހާދުން 100 ދުވަހުގެ ތެރޭގައި ވަރަށް މުހިއްމު 10 ކަމެއް ކުރުމުގެ ހުވަފެން ރައްޔިތުންނަށް ދެއްކިއެވެ. ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ އެތައް ކަމެއް މަހާތީރާއި ސިޔާސީ ޕާޓީތައް ގުޅިގެން ހޯދާ ކާމިޔާބަށް ފަހު ވަރަށް އަވަހަށް ކޮށްދޭނޭކަމުގެ ޔަގީންކަން ހަަަަަަަރުހަޑުން ތަކުރާރުކޮށް ރައްޔިތުންނަށް ދެމުން ދިޔައެވެ.

މަހާތީރާއި ގުޅިފައިވާ އިއްތިހާދުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެތެރޭގައި ޖީއެސްޓީއަށް ނިމުމެއް ގެނައުމާއި ޕެޓްރޯލުގެ އަގު ހިފެހެއްޓުމާއި ޕެޓްރޯލަށް ސަބްސިިޑީއެއް ދިނުމާއިި ގެވެހި އަންހެނުންނަށް ޕްރޮވިޑެންޓް ފަންޑެއް ފެށުމާއި ގައުމީ ފެންވަރުގައި މުސާރައިގެ ހަމަހަމަކަން ގެނައުމާއި މުސާރަ ކުޑަ މީސް މީހުންގެ މުސާރަ ބޮޑުކުރުމަށް ފިޔަވަޅު އަޅަން ފެށުން ހިމެނެއެވެ. އަދި  4 ހާސް ރިންގެޓަށް ވުރެ މަހު މުސާރަ ކުޑަ މީސްމީހުން ކިޔެވުމަށް ނެގި ލޯނުތައް އަދާކުރުން ފަސްކުރުމާއި އެފަދަ މީސްމީހުން ބްލެކްލިސްޓް ކުރުން ހުއްޓާލުމާއި ގައުމީ މުއައްސަސާތަކަށް ގެއްލުންދޭ ކަންތައް ބަލައި އެކަންތައްތައް ހުއްޓުވުމަށް ކޮމިޝަނެއް އުފެއްދުމަށް ކަނޑައަޅާފައިވެއެވެ. އަދި ސިއްހީ ކަންތައްތަކާގުޅޭ ޕޮލިސީތައް ދިރާސާކޮށް، މުސާރަކުޑަ މީސްމީހުންނަށް ފައިދާ ހުރި ގޮތެއްގައި ފަރުވާކުރެވޭނެ އެތައް ޕޮލިސީއެއް ތަންފީޒުކުރަން ކަނޑައަޅާފައިވެއެެވެ.

މަހާތީރު މުޙައްމަދާއި ގުޅިފައިވާ އިއްތިހާދުގެ 100 ދުވަހުގެ އެޖެންޑާ ވީ އާންމުންނަށް ވަރަށް މަގުބޫލު އެއްޗަކަށެވެ. މޭމަހު ބޭއްވި އިންތިޚާބު އެހާފަސޭހައިން ކާމިޔާބުކުރެވި މަހާތީރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އެހެންވެގެންނެވެ.

އިންތިޚާބު ކާމިޔާބު ވުމަށްފަހު ގުޅިފައިވާ އިއްތިހާދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކީ 100 ދުވަހުގެތެރޭގައި ފުއްދާނެކަމަށް އަޑުއުފުލައި ރައްޔިތުންނަށްވީ ވައުދުގެ މައްސަލައެވެ. މަހާތީރުގެ ސަރުކާރުން އިންތިހާއަށް މަސައްކަތްކޮށްގެން ވެސް 100 ދުވަހުގެތެރޭގައި ފުއްދުނީ އެންމެ ދެ ވައުދެވެ. ތިންވަނަ ވައުދު ފުއްދުމުގެ މަސައްކަތުގައި އުޅެނިކޮށް 100 ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ބައެއް ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއްނުވެއެވެ.

އުމުރުން 92 އަހަރުގެ މަހާތީރު މުޙައްމަދު އިސްވެހުންނަވައިގެން އުފެއްދި ކޯލިޝަނުން، ރައްޔިތުންނަށް ދޮގު ވައުދުތަކެއް ކޮށްފައިވާތީ އިދިކޮޅުފަރާތްތަކުން، ނޫސްތަކުން، އާއްމު ރައްޔިތުން ސުއާލުތައް ކުރަމުން އެބަގެންދެއެވެ. ރައްޔިތުންކުރި އުއްމީދުތައް ވަނީ ފެނަށްވެ ހިނދިގެން ގޮސްފައެވެ. ހެއު ބަދަލަކަށް އެދި ވޯޓުދިން މެލޭޝިޔާގެ ރައްޔިތުންގެ ކަރު ބުޑުގައި ވަނީ ވެރިކަމަށް އައި މީހުންވި ދޮގު ވައުދުގެ ހިތިރަހައެވެ.

ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދުމަށް ފަރަސްސޭސި ވިލާތުގައި މުޒާހަރާ ކުރާ ގޮތަށް ކޮންމެ ގައުމެއްގައި މުޒާހަރާއެއް ނުކުރެވޭނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.