ބިގްމޭން ކެފޭގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

މާލޭ ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ކެފޭގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އަލީފާން ރޯވުމާއެކު އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަރާތުން ވަނީ އެތަނަށް ގޮސް އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ސިފައިން ވިދާޅުވީ އެކަން އިތުރަށް ބަލަމުންދާ ކަމަށެވެ. އެމްއެންޑީއެފް އިން ފުރަތަމަ މަޢުލޫމާތު ދެއްވީ ވެސްޓަން ޔޫނިންއަންގެ އިމާރާތުގައި ރޯވެގެން އުޅޭ ކަމަށެވެ.

މިހާދިސާ ހިނގި ސަބަބެއް އަދި ނޭނގޭ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެންވެ މިހާރުދަނީ ބަލަމުން ކަމަށް ވެސް ވިދާޅުވިއެވެ. މިހާދިސާގައި ބަދިގެއަށް ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް އަދި އެނގިފައެއްނެވެ.  އެހެންނަމަވެސް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ބިދޭސީއަކު ވަނީ ފިހިފައެވެ. އޭނާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގައި ފުހުނީ ގޭސް އުނދުން ކެނޑި މީހާއެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް ގޭސްލީކުވޭތީ ޗެކުކޮށް ބެލުމާއި އެފަދަ އެއްވެސް މައްސަލައެއް އުޅޭނަމަ ވައުގަނޑާއި އެއްޗެހި ބަދަލު ކުރުމަށް އެމްއެންޑީއެފުން އެދިވަޑައިގެންނެވިއެވެ. ގޭސް ލީކުވެފައި ހުއްޓައި އެއްގޮތަކަށް ވެސް އުނދުން ނުކެނޑުމަށް ވެސް އެތަނުން އިލްތިމާސް ކުރެއްވިއެވެ.

ބަދިގޭގައި ކައްކަން އުޅޭ ބީދޭސީންނަށް ވެސް މިމަޢުލޫމާތުދީ އެމީހުން އެކަންކަމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށް ވެސް އެންއެންޑީއެފުން ވިދޅުވިއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑްރ ރެސްކިއުޓީމަށް މިއަދު އެތަނަށް އަވަހަށް ނޭދެވުނުނަމަ އެސަރައްހައްދުގެ ކައިރީގައި ހުރި ބިލްޑިންތަކަށް ވެސް އަލިފާން ފެތުރުނީސް ކަމަށް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.