
އިންޑިއާގެ ފެޝަން ޑިޒައިނަރ އަދި ހައުސް އޮފް މަސާބާގެ މަސްއޫލުވެރިޔާ، މަސާބާ ގުޕްތާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ. މަސާބާ ޗުއްޓީ ހޭދަ ކުރަމުންދަނީ ސޮނޭވާ ފުށީގައެވެ. މަސާބާ އާ އެކު އޭނާގެ މަންމަ، ޑައިރެކްޓަރު އަދި މަޝްހޫރް ތަރި ނީނާ ގުޕްތާ ވެސް ރާއްޖެ އައިސްފައިވެއެވެ. މަސާބާގެ ދަތުރާ ބެެހޭ އެއްވެސް ތަފްސީލެއް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ މީޑިއާ އަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.
މަސާބާ ރާއްޖެ އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އޭނާގެ އިންސްޓެގްރާމް ސްޓޯރީގައި ރިސޯޓުގެ ރީތި ގޮނޑުދޮށާއި މޫދުގެ ވީޑިއޯ ތައް ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ފޮޓޯތައް ވެސް އިންސްޓެގްރާމްގައި ޝެއަރ ކޮށްފައިވެއެވެ. މަސާބަގެ އެއް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ސޮނޭވާ އަށް ގޮސް އެންމެ ފުރަތަމަ ކުރި ކަމަކީ ތަރިތައް ބެލުމެވެ.