
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އާއި ޗިލީ މިއަދު ބައްދަލުކުރިމެޗް 2 – 1 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.
އާޖެންޓީނާގެ ތަރި ކެޕްޓަން ލިއޮނެލް މެސީ ނުލައި ކުޅުނު މިމެޗުގައި އާޖެންޓީނާއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 51 ވަނަ މިނެޓުގެ ތެރޭގައި ޑި މާރިއާއެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 59 ވަނަ މިނެޓް ތެރޭގައި ބަނޭގާ އެވެ.
ރޭގެ މެޗްގައި ޗިލީއަށް ސުންކަނޑުވާލަދިނީ ފުއެންޒަލީދާއެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޕެނަމާ އާއި ބޮލީވިއާ ރޭ ބައްދަލުކުރިމެޗް 2 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕަނަމާއެވެ.