
އޮސްޓްރޭލިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ ސްކޮލަރޝިޕްތަކާ ބެހޭ ގޮތުން ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަނާއި، ހައިކޮމކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިޔާ ހައިކޮމިޝަން ގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، މިސް ވިކްޓޯރިއާ ކޮކްލޭ މަޝްވަރާ ކުރައްވައިފިއެވެ.
މިމަޝްވަރާ ކުރެއްވީ ޑރ. އިބްރާހިމް ހަސަން ވިކްޓޯރިއާ ކޮކްލޭ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލު ކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގައެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެ އަށް ދެއްވަވަމުން ގެންދަވާ ސްކޮލަރޝިޕް ތަކާއި ބެހޭ ގޮތުން ކުރެއްވި މަޝްވަރާގައި ތަޢްލީމާއި ތަޖުރިބާ ގެ އިތުރު ފުރުސަތުތައް ހޯއްދަވާ ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖެއަށް ފުރަތަމަ ޑިގްރީ ފެންވަރަށް އޮސްޓްރޭލިއާ ގައި ކިޔެވުމަށްޓަކައި ސްކޮލަރޝިޕް ހޯއްދަވާ ދެއްވުމަށް ބާރު އަޅުއްވާދެއްވުމަށް ވެސް މިނިސްޓަރ އެދިވަޑައި ގެންނެވިއެވެ.
މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ (ވަގުތީ) ޕާރމަނަންޓް ސެކްރެޓަރީ ޑރ. ޢަބްދުއްރަޙީމް ހަސަން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހަޔަރއެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.