
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގަދަކަމުން ނެރުމުގެ މައްސަލަ ބަލަން ހުށަހަޅުއްވައިފިއެވެ.
ހުސްވި އަހަރު ޖުލައި 24 ވަނަ ދުވަހު ހިނގި މިޙާދިސާގައި ޒިންމާވާން ޖެހޭ ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރު ކުރައްވަން މިހާރުވަނީ ހުށަހަޅުއްވައިފައެވެ. މަޖިލީހުންގެ އިމްތިޔާޒް ކޮމިޓީ އަށް އެބޭފުޅުން ހާޒިރުކުރަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރ އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އިންތި ވިދާޅުވެފައިވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެކަމަށް ހުރަސް އަޅުއްވައިފައިވަނީ ސިފައިންނާއި، އެސްއޯ ފުލުހުން ކަމަށެވެ. އެބޭފުޅުންވަނީ މެމްބަރުންގެ ގަޔަށް އަތްލައި ލޮލަށް ޕެޕަރ ސްޕްރޭ ޖަހައިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ސިފައިން އެދުވަމުހު މެމްބަރުން މަޖިލީހުގެ އިދާރާ ނެރުއްވައިފައިވަނީ ގަދަކަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެދުވަހު އެއްވެސް ޖަލްސާއެއް އެޖެންޑާ ކުރައްވާފައިނެތަސް މެމްބަރުން ބޭނުންވާ ކޮންމެ ވަގުތަކު މަޖިލީހަށް ވަދެނުކުތުމަކީ ހުއްދަކުރާ ކަމެއް ކަމަށްވެސް އިންތި ވިދާޅުވެފައިވެއެވެ. މެމްބަރުންނަށް އެގޮތަށް ހުރަސް އެޅުމަކީ ޤާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި އެދުވަހު މަޖިލީހަށް ނުވަދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އަންގާފައި ނުވާކަމަށް ވެސް އިންގެ ހުށަހެޅުމުގައި ވެއެވެ.