
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ގަޑިއަށް ބަދަލު ގެނެސްފިއެވެ.
ރައީސް އޮފީހުގެ ރަސްމީ ގަޑިއަށް ގެނައި ބަދަލަކީ އެ އޮފީހުގެ ރަސްމީ ގަޑި ކަމުގައި ހެނދުނު 8 ން މެންދުރު ފަހު 3:00 އަށް ހަމަޖެއްސުން ކަމުގައި ވަނީ ބުނެފައެވެ. މީގެކުރިން ރައީސް އޮފީހުގެ ރަސްމީ ގަޑިއަކީ ހެދުނު 8 ން މެންދުރު ފަހު 2:30 އެވެ.
ރައީސް އޮފީހުގެ ރަސްމީ ގަޑިއަށް މިގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ. ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އޮފީހުގެ ރަސްމީ ގަޑި އިތުރުކުރީ އާ ސަރުކާރުން ތަންފީޒު ކުރަންޖެހޭ ކަންތައްތަކެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުރުމާއެކު އެކަމަށް ވަގުތު އިތުރަށް ދިނުމުގެ ބޭނުމުގައެވެ.