
ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މާލޭ ސަރަޙައްދުގެ ތިން ހޮސްޕިޓަލަކަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނު ޒިޔާރަތް ކުރެއްވީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އޭ.ޑީ.ކޭ. ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލަށެވެ.
ިޒިޔާރަތަކީ އެހޮސްޕިޓަލް ތަކުގެ އެކި ޑިޕާރޓްމަންޓް ތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މިސަރުކާރުން ވަނީ ރާއްޖޭގެ ސިއްޙީދާއިރާ ތަރައްޤީކޮށް ކުރިއަރުވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.