ސެނެހިޔާގައި ޚިތާނު ކުރަން ހަމަޖެހިފައިވާ ކުދިންނާ ޑިފެންސް މިނިސްޓަރ ބައްދަލު ކުރައްވައިފި

އެމްއެންޑީއެފް ސެނަހިޔައިގެ ޚިތާނީ ކޭމެޕުގައި މިއަދު ހިތާނުކުރުމަށް ހަމަޖެހިފައިވާ ކުދިންނާއި އެކުދިންގެ ބެލެނެވެރިންނާ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެކަމަނާ އެކުދިންނާއި ބެލެނިވެރންނާ ބައްދަލު ކުރެއްވީ ސެނަހިޔައިގެ ސެނަހިޔައިގައި މިއަދު މެންދުރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެތަނުގެ އޮޕަރޭޝަން ތިއޭޓަރާއި، ޖެނެރަލް ވާރޑް ހުޅުވައިދެއްވުމަށްފަހުއެވެ.

ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވާރޑް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ސެނަހިޔަ އިން މިއަދު ޚިދުމަތްދޭން ފެށި އޮޕަރޭޝަން ތިއޭޓަރުގެ ޚުދުމަތާ, ވާރޑުގައި މީހުން އެޑްމިޓް ކުރުމުގެ ޚިދުމަތް ފަހިކުރުމުގައި ހަރަކާތްތެރިވެފައިވާ ހުރިހާ ފަރާތަކަށް ޝުކުރުދެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ސެނަހިޔަ ހޮސްޕިޓަލް ހުޅުވިގެން ޚިދުމަތް ދެމުން އައީ ހަމަ އެކަނި ޔުނިފޯރމް އެޅުއްވި ބޭފުޅުންނާއި އެބޭފުޅުންގެ އާއިލާތަކަށް ކަމަށެވެ. އެހެންނަމަވެސް މިއަދު މި ޚިދުމަތުގެ ތެރެއިން ހިތާނު ކުރުމުގެ ހިދުމަތް އާންމުންނަށް ހުޅުވާލައި މިކަމަށް މަގުފަހި ކޮށްދީފައިވާތީ އެކަން ހިންހަމަޖެހުމާއި އެކު ފާހަގަކުރައްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަންނަ މަހު ސެނަހިޔަ އަށް ހޮސްޕިޓަލްގެ ދަރަޖަ ލިބިގެން ދާނެ ކަމަށާއި އެކަމަކީވެސް ވަރަށް އުފާވެރި ޚަަބަރެއް ކަމުގައި ޑިފެންސް މިނިސްޓަރ ވަނީ  ވިދާޅުވެފައެވެ.

ޖެނެރަލް ހުރިހާ އޮޕަރޭޝަނެއް ކުރެވޭ ސެނަހިޔައިގެ އޮޕަރޭޝަން ތިއޭޓަރ ހުޅުވުމާއެކު އެ އޮޕަރޭޝަން ތިއޭޓަރުގައި އެންމެ ފުރަތަމަ ކުރެވޭނެ އޮޕަރޭޝަންގެ ގޮތުގައި ސެނަހިޔައިގެ ޚިތާނީ ކޭމްޕް ފެށުމުގެ ގޮތުން ސިފައިންގެ އާއިލާގެ ދަރިން ވަނީ މިއަދު ޚިތާނު ކުރަން ފަށައިފައެވެ. މިގޮތުން ކޮންމެ ދުވަހަކު ވެސް ފަސް ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވާއިރު މި ކުދިން ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ ސެނަހިޔަ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރ ފަސްޓް ލެފްޓިނަންޓް ޑރ. މައުމޫން އާސިމް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ސެނަހިޔަ ހޮސްޕިޓަލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާ ސެނަހިޔައިން މިހާރު ދެމުންގެންދާ ހިދުމަތްތައް ބައްލަވާލައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.