
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ މިރޭ އައްޑޫސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން އޮތީ މިރޭ 9:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. މިއީ އައްޑޫ ސިޓީގެ އަވަށްތަކުގައި ހިންގާ ސްކޫލްތަކާބެހޭ ގޮތުން ކައުންސިލްގެ މެމްބަރުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިނިސްޓަރ އައްޑޫސިޓީއަށާއި ފުވައްލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޓީޗަރުންނާއި، ޕީޓީއޭއާއި، ބައެއް ގްރޭޑް ތަކުގެ ބެލެނިވެރިންނާ ބައްދަލު ކުރައްވައިފައެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަދަމާ ހެނދުނު މިނިސްޓަރ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާނެއެވެ. އެދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެކަމަނާ މާލެ ފުރައިވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.