އަރްޖުން ކުރިއަށް އޮތް ފިލްމަށް ތައްޔާރު ވަނީބާ؟

އަރްޖުން ކަޕޫރް އާއި މަލާއިކާ ހުކުރު ދުވަހު ރެގަނޑުގެ ކެއުމަކަށް ނިކުތް އިރު ފޮޓޯގްރާފަރުންނަށް އަރްޖުންގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އޭނާ ހުރީ މޫނުގައި މާސްކެއް އަޅައި މޫނު ފޮރުވައިގެންނެވެ. ބެލެވޭ ގޮތުގައި މިއީ އޭނާގެ ކުރިއަށް އޮތް "ޕާނީޕުތް" ގެ ލުކް ފޮރުވަން ވެގެން އަޅައިގެން ހުރި މާސްކެކެވެ.

އަރްޖުން އާއި މަލާއިކާ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ދެ މީހުން ދޭތެރެ ދޭތެރެއިން އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެއެވެ. ނަމަވެސް ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުން މީޑިއާ އިސް ސުވާލު ކުރުމުން މަލާއިކާ ބުނެފައިވަނި އޭނާގެ ޒާތީ ވާހަަކަ އެއްވެސް ވަރަކަށް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އޭނާގެ ދިރިއުޅުން އއޮތީ އެނެމެންނަށް ފެނި ހާމައަށް ކަމަށާއި އެވާހަކަައް ކިޔައިދޭން ނުޖެހޭ ކަމަށެވެ.

އަރްޖުން އަކީ ފިލްމް ޕރޮޑިއުސަރު ބޯނީ ކަޕޫރްެގ ދޮށީ ދަރިއެވެ. މަލާއިކާ އާއި އަރްބާޒް ޚާންގެ ކައިވެނި ރޫޅުނީ 2017ވަނަ އަހަރުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.