އަލީ ހާޝިމް ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން: ފުލުހުން

ފޮޓޯ؛ ޓުވިޓަރ

ޕީޕީއެމް ގެ މެންބަރަކަށް ޙަމަލާ ދިނުމުގެ ތުހުމަތުގައި ބުދަ ދުވަހު ފުލުހުންގެ ބަންދަށް ގެންދިޔަ އެމްޑީޕީގެ އެކްޓިވިސްޓު، ޢަލީ ހާޝީމް ބަންދުން ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުންގެ އިދާރާއިން ހާމަ ކުރައްވައިފިއެވެ. އަލީ ހާޝިމް (ސްމިތް) ދޫކޮށްލާފައިވަނީ އޭނާ ދޫކޮށްލުމަށް އެދި އެމްޑީޕީގެ އެކްޓިވިސްޓުން ތަކެއް ބުރާސްފަތި ދުވަހު ރައީސް އޮފީސް ކައިރީގައި އަޑު އުފުލާފައިވަނިކޮށެވެ. އޭނާ ދޫކޮށްލުމަށް އެދި ރައީސް ނަޝީދް ވެސް ޓުވީޓު ކުރެއްވިއެވެ.

އަލީ ހާޝިމް ދޫކޮށްލާފައިވަނީ ފިއްތުން ތަކާ ހެދި ކަމަށް ބުނެ މީޑިއާ އިން ރިޕޯޓުކޮށްފައިވާތީ ފުލުހުންގެ އިދާރާއިން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ހާމަކުރައްވާފައިވަނީ އަލީ ހާޝިމް ދޫކޮށްލާފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މައްސަލަ އާއި ގުޅިގެން ތަހުގީގަށް ސާފުކުރަން ބޭނުވި ކަންތައްތައް ސާފު ކުރުމަށް ފަހު ބަންދުގައި ބަހައްޓާނެ ސަބަބެއް ނެތުމުން ކަމަށެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.