އާފަތިސް ބަދިގެ: ޝަކްޝޫކާ

ޝަކްޝޫކާ އަކީ ކުކުޅު ބިހާއި ތަރުކާރީގެ ބާވަތްތައް ބެނުންކޮށްގެން ތައްޔާރު ކުރާ 'ރިހަ' އެކެވެ. މި ރެސިޕީ އަކީ ޓިއުނީޝިއާގެ އަސްލުން އައިސްފައި އޮތް ރެސިޕީ އެއް ނަމަވެސް މިއީ މެދުއިރުމަތީގައި ވެސް ވަރަށް މަގްބޫލު ރެސިޕީ އެކެވެ.

ޝަކްޝޫކާ ތައްޔާރު ކުރުމަށް ބޭނުންވާނެ ބާވަތްތައް:

ޒައިތޫނި ތެޔޮ

ބޮޑޫ ފިޔައެއް

2 ބެލް ޕެޕަރ (ކޮށާފައި)

2 ލޮނުމެދު، ކުދިކޮށް ކޮށާފައި

1 ސައިސަމުސާ ކޮތަނބިރި (މުގުރާފައި)

1 ސައިސަމުސާ ޕެޕްރިކާ

ބައި ސައިސަމުސާ ދިރި

6 ޗެރީ ޓޮމާޓޯ (ކޮށާފައި)

ބައި ޖޮޑު ޓޯމާޓޯ ސޯސް

1 ސައިސަމުސާ ހަކުރު

6 ކުކުޅު ބިސް

ޖޯޑެއްގެ ހަތަރުބައިކުޅާ އެއްބައި ޕާސްލޭ ފަތް، ކުދިކޮށް ކޮށަފައި

ޖޯޑެއްގެ ހަތަރުބައުކުޅަ އެއްބައި ކުދީނާ ފަތް، ކުދިކޮށް ކޮށާފައި

ލޮނު

އަސޭމިރުސް

ތައްޔާރު ކުރާނޭ ގޮތް:

ތެއްޔެއް އުނދުން މައްޗަށް އުދައި، މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ތެޔޮ ހޫނު ކުރާށެވެ. އތެޔޮ ހޫނުވުމުން ފިޔަ އާއި ބެލް ޕެޕަރ، ލޮނުމެދު، އަދި ހަވާދުގެ ބާވަތްތަކާއި ލޮނާއި އަސޭމިރުސް ތެޔޮފޮދުގެ ތެރެއަށް އަޅައި ރަނގަޅަށް މަޑު ވަންދެން ނުވަތަ ދިހަ މިނިޓް ވަރު ކައްކާށެވެ.

ތަރުކާރީ މަޑުވުމުން ހަކުރާއި، ޗެރީ ޓޯމާޓޯ، އަދި ޓޮމާޓޯ ސޯސް އަޅާށެވެ. ޓޮމާޓޯ ތައް ތަރުކާރީ އާއި ރަނގަޅަށް އެކުވެ ރަހަ ނިކުންނަން ދެން ކނުވަތަ ދިހަ މިނިޓް ނުވަތަ ބާރަ މިނިޓް ވަރު ކައްކާށެވެ. ރަހަ ބެލުމަށްފަހު ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރު ކުރެވިދާނެއެވެ.

ރެސިޕި ނަގާފައިަވނީ 'ދަ މެޑިޓަރޭނިއަން ޑިޝް' އިންނެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.