- ދިރާގު ރޯދަ ހަދިޔާ 2016، މި އަހަރުވެސް ތަފާތު ހަދިޔާ ތަކަކާއިއެކު ތަޢާރަފްކޮށްފިއެވެ.
- ދިރާގުން އަންނަނީ ކޮންމެ އަހަރަކުވެސް ބަރާކަތްތެރި ރަމަޟާން މަހާއި ގުޅުވައިގެން، ކަސްޓަމަރުންނަށް ހާއްސަ ހިދުމަތުގެ ޕެކޭޖްތަކާއި، ތަފާތު އަގުހުރި ހަދިޔާތައް މުޅި ރަމަޟާން މަހުގެ ތެރޭގައި ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދެމުންނެވެ. އެގޮތުން މިއަހަރުވެސް ދިރާގުގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، ޓަޗްނެޓް، ފިކްސްޑް ލައިން އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށް މިވަނީ ވަރަށް ހާއްސަ ފުރުސަތުތަކެއް ހުޅުވާލެވިފައެވެ.
- މި އަހަރުގެ ދިރާގު ރޯދަ ހަދިޔާގެ ގޮތުގައި ތައާރަފްކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި:
- ދިރާގު ރޯދަ ބޮޑު ހަދިޔާ 2015
- %50 އިތުރު ޑާޓާ އެލަވަންސް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް!
- ފްރީ ފްރައިޑޭސް
- ކޮންމެ ހަފްތާއަކު އެޗް.އައި.އެޗް އިން ރޯދަ ވީއްލުމެއް
- ސައުދީ އަށް ގުޅާލުމަށް އެންމެ ހެޔޮ އައި.ޑީ.ޑީ ރޭޓް
- އެސް.އެމް.އެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވެމުގެ ފުރުސަތު
- ނަމާދު ވަގުތު އަންގައިދޭ އެސް.އެމް.އެސް ހިލޭ
- ދިރާގު ރޯދަ ބޮޑު ހަދިޔާ 2016
ދިރާގު ރޯދަ ހަދިޔާ 2016 އަކީ ދިރާގުން މި ރޯދަ މަހަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ އެންމެ އަގުހުރި އަދި އެންމެބޮޑު ޕްރޮމޯޝަނެވެ. ޖޫން 1 ން ޖުލައި 1 ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި ދިރާގުގެ ހުރިހާ މޮބައިލް، ޓަޗްނެޓް އަދި ފިކްސްޑް ލައިން އާއި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އިތުރު އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލާ ބައިވެރިވެވޭނެއެވެ. 5 ހަފްތާ ވަންދެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ނެގޭ ގުރުއަތުން ހޮވޭ ކޮންމެ ފަރާތަކަށް އެލް.ޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗް.ޑީ ޓީވީ އަކާއި، 8ކޭ ޑައިރެކްޓް ޑްރައިވް ދޮންނަމެޝިނަކާއި، ސްމާޓް ކަނެކްޓް ފްރޮސްޓް-ފްރީ ރެފްރިޖިރޭޓަރަކާއި ވަޔަލެސް ހައި އެންޑް ސްޕީކަރެއްގެ އިތުރުން އެލްޖީ ގެ ސަޕްރައިޒް ގިފްޓް ހެމްޕަރ އެއް ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ހަފްތާއަކު ލިބިވަޑައިގަންނަވާ 50000 ރުފިޔާއަށް ވުރެ އަގުބޮޑު މި އިނާމަކީ ރީފްސައިޑުގެ ފަރާތުން ހުށަހަޅުއްވާ އެލް.ޖީ ގެ އެންމެ ފަހުގެ، އޮރިޖިނަލް ޕްރޮޑަކްޓްތަކެކެވެ.
- %50 އިތުރު ޑާޓާ އެލަވަންސް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް!
ދިރާގުގެ %50 އިތުރު ޑޭޓާ އެލަވަންސާއި އެކު މި ރަމަޟާން މަހު ދިރާގުގެ ހުރިހާ މޯބައިލް އިންޓަނެޓް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ ކަސްޓަމަރުންނަށްވެސް އެ ބޭފުޅެއް މިހާރު ގެންގުޅުއްވާ ޑާޓާ ޕެކޭޖެއްގެ %50 އިތުރު އެލަވަންސް، 1 ޖޫން 2016 ވާ ދުވަހު ލިބިވަޑައިގަންނަވާނެއެވެ. އަދި މި މަހުގެ ތެރޭގައި އަލަށް ޑާޓާ ޕްލޭން ނަންގަވާ ފަރާތްތަކަށްވެސް މި އެލަވަންސް ލިބިގެންދާނެއެވެ. މި އެލަވަންސަކީ ޕްރިޕެއިޑް ކަސްޓަމަރުން ނަންގަވާ އެޑް-އޮން ޕްލޭން ތަކުންވެސް ލިބިވަޑައިގަންނަވާނެ އެލަވަންސެކެވެ. މީގެ ތެރޭގައި ޕަވަރ ޕްލޭން، ޕަވަރ+ ޕެލޭން އަދި ޕަވަރ އެކްސްޓްރާގެ އެޑް-އޮން ތައްވެސް ހިމެނޭނެއެވެ.
- ފްރީ ފްރައިޑޭސް
ފްރީ ފްރައިޑޭ އާއި އެކު ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް މިވަނީ ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު ދިރާގު ނަންބަރު ތަކަށް މުޅިން ހިލޭ ގުޅާލުމުގެ ފުރުސަތު ތަނަވަސްވެފައެވެ. 6 ޖޫން އިން 8 ޖުލައި ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް '’FF ޖެއްސެވުމަށް ފަހު 343 އަށް އެސް.އެމް.އެސް އެށް ކޮށްލުމުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުކުރު ދުވަހު މުޅިން ހިލޭ ދިރާގުގެ ނަންބަރު ތަކަށް ގުޅާލެވޭނެއެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރުން ހަފްތާ ތެރޭގައި އެންމެ 50 ރުފިޔާ ބޭނުން ކުރެއްވުމުން ވިދިގެން އެންމެ އަވަހަށް އަންނަ ހުކުރު ދުވަހު ހިލޭ ގުޅާލެވޭނެއެވެ. މި ހިދުމަތް ހޯއްދެވުމަށް 343 އަށް ކުރާ އެސް.އެމް.އެސް އަށް 1 ރުފިޔާ ޗާޖް ކުރެވޭނެއެވެ.
- ކޮންމެ ހަފްތާއަކު އެޗް.އައި.އެޗް އިން ރޯދަ ވީއްލުމެއް
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން ހަމަ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެ ހަފްތާއަކު 5 ބޭފުޅަކަށް ހުޅުލެ އައިލެންޑް ހޮޓަލުން ރޯދަ ވީއްލުމެށް ލިބޭ ޕްރޮމޯޝަނެކެވެ. އެގޮތުން 500 އަށް 'Iftar' ޖެއްސެވުމަށްފަހު އެސް.އެމް.އެސް އެއް ފޮނުވާލުމުން މި ގުރުއަތުގައި ބައިވެރިވެވިގެންދާނެއެވެ. މި ޕްރޮމޯޝަނުގެ ގުރުނެގުން އޮންނާނީ 1 ޖޫން އިން ފެށިގެނ 27 ޖޫންގެ ނިޔަލަށް ކޮންމެ ހަފްތާއެއްގެވެސް ބުދަ ދުވަހުއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެ މި ހާއްސަ އިނާމު ހޯދުމުގެ ފުރުސަތު އިތުރު ކުރުމުގެ ކޮންމެ ބޭފުޅަކަށްވެސް ކިތަންމެ ގިނައިންވެސް އެސްއެމްއެސް ފޮނުއްވިދާނެއެވެ. ކޮންމެ އެސްއެމްއެސް އަކަށް ރުފިޔާއެއް ޗާޖު ކުރެވޭއިރު މި ހާއްސަ އިނާމު ހޯދުމަށް ކުރާ އެސްއެމްއެސްގެ އަނެއް ހާއްސަ ކަމަކީ، އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކ،ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރެވިގެންދާކަމެވެ.
- ސައުދީ އަށް ގުޅާލުމަށް އެންމެ ހެޔޮ އައި.ޑީ.ޑީ ރޭޓް
މި ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ގުޅާލުމަށް އެންމެ ހެޔޮ އަގު ލިބިގެންދާނީ ދިރާގުގެ ކަސްޓަމަރުންނަށެވެ. އެގޮތުން ދިރާގުގެ އައިޑީޑީ 019 ހިދުމަތް މެދުވެރިކޮށް ސައުދީއަށް ކުރާ ކޮންމެ ކޯލަކަށް ޗާޖުކުރެވޭނީ ކޮންމެ 5 މިނެޓަކަށް އެންމެ 1.89 ރުފިޔާގެ ރޭޓުންނެވެ. 5 މިނެޓަށް ވުރެ ކުރު ކޯލަކަށްވެސް ޗާޖު ކުރެވޭނީ ހަމަ އެ އަގެވެ. އަދި އެޔަށް ވުރެ އިތުރަށް ޗާޖު ކުރެވޭނީ ކޮންމެ 5 މިނަޓަކަށް އެ ރޭޓުންނެވެ. މި ރޭޓުގައި މި ހިދުމަތް ލިބިވަޑައިގަންނަވާނީ ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖުލައި 9 އާއި ހަމަޔަށެވެ. އެގޮތުން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންވެސް އައިޑީޑީ ކޯލް ކުރެއްވުމަށް އާންމުކޮށް ބޭނުންކުރައްވާ އެކްސެސް ކޯޑު، '00' ގެ ބަދަލުގައި '019' ޖެއްސެވުމަށްފަހު ސައުދީ އަރަބިޔާގެ ކޯޑު، އަދި އެޔަށް ފަހު ނަންބަރު ޖެއްސެވުމުން މި ރޭޓުގައި ގުޅުއްވޭނެއެވެ.
- އެސް.އެމް.އެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވެމުގެ ފުރުސަތު
އެހެން އަހަރުތެކެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ހިދުމަތް ލިބިވަޑައިގަންނަވާނެއެވެ. *123*8# އަށް ޑައިލް ކުރައްވައިގެން މި ހިދުމަތް ލިބިގަނެވޭނެއެވެ. ލިބިވަޑައިގަންނަވާ މެނޫ އިން ކޮންމެ ފަހަރަކު ކޮންމެ ކަސްޓަމަރަކަށް ނެންގެވޭނީ އެއް އޮޕްޝަނެކެވެ. އަދި ޒަކާތުގެ ފައިސާ ދެއްކުމުން އެސްއެމްއެސް މެދުވެރިކޮށް އެކަން ކަސްޓަމަރުންނަށް އެންގޭނެއެވެ. މި އަހަރު ޒަކާތުގެ ފައިސާއަށް ވާ އަންނަނިވި އަދަދު ތަކަކީ އިސްލާމިކް މިނިސްޓްރީ އިން އަންގާފައިވާ އަގުތަކެވެ.
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް/ހުދު ހަނޑޫ: 65 ރުފިޔާ
- މޮޅު/ބާސްމަތި ހަނޑޫ: 77 ރުފިޔާ
- ނަމާދު ވަގުތު އަންގައިދޭ އެސް.އެމް.އެސް ހިލޭ
މިއީވެސް ދިރާގުގެ ކަސްޓަމަރުންނަށް މުޅިން ހިލޭ ލިބިވަޑައިގަންނަވާ ހިދުމަތެކެވެ. އެގޮތުން *123*2*9*2# އަށް ޑައިލް ކޮށްލެއްވުމުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު އަންގައިދޭނެއެވެ. މިއީ ކޮންމެ ކަސްޓަމަރަކަށްވެސް ޖުލައި މަހުގެ 12 ވަނަ ދުވަހާއި ހަމަޔަށް މުޅިން ހިލޭ ލިބިވަޑައިގަންނަވާ ހިދުމަތެކެވެ.