
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ވެރިކަމާ މިއަދު ޙަވާލުވެ ވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އައު ސަރުކާރު ޤާއިމް ކުރުމުގެ އުފަލުގައި މާދަމާ ކުޅިވަރު ފެސްޓިވަލެއް ފަށަން ތައްޔާރުވެފައި ވަނިކޮށްނެވެ. މާދަމާ ފަށާ އެ ފެސްޓިވަލް މާދަމާއިން ފެށިގެން އަނެއް ދުވަހާ ހަމައަށް ދެމިގެން ދާނެއެވެ.
މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:00 ގައެވެ. މިއީ ހުރިހާ ޢުމުރެއްގެ މީހުންނަށް ބައިވެރިވެވޭ ފެސްޓިވަލެކެވެ. ފެސްޓިވަލުގައި ކުރީގެ ބައެއް ރައީސުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.