
ދިވެހި ޒުވާނުންނަށް މަތީތައުލީމުގެ އިތުރު ފުރުޞަތުތަށް ހޯދައި ދިނުމުގެ ގޮތުން، މިއަހަރުވެސް މައުމޫން ފައުންޑޭޝަންގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
މިއީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަރޝިޕް ތަކެކެވެ. މިއަހަރު މިފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުޞަތުތަކީ އިންޑިޔާގެ، ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖް އިން 9 ދާއިރާތަކުން ތައުލީމް ހާޞިލްކުރުމުގެ ފުރުޞަތުތަކެކެވެ.
މީގެތެރޭގައި ހިމެނެނީ ބެޗަލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗަލަރ އޮފް ކޮމާރސް، ބެޗަލަރ އިން ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް، ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ބެޗަލަރ އިން ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ބެޗަލަރ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން، ބެޗަލަރ އިން ބަޔޯޓެކްނޮލޮޖީ،ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލަރ އޮފް ފިޒިއޮތެރަޕީ އާއި މާސްޓަރ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް އެވެ.