
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރައްވައިފިއެވެ.
ފާރިސް މައުމޫން މި މަޤާމަށް އައްޔަން ކުރައްވަން ފާސް ކުރެއްވީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ތާއީދާއެކުގައެވެ. ފާރިސް މައުމޫނާ ވާދަކުރެއްވީ ޕީޕީއެމްގެ ގައްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.
މިމަގާމަށް ފާރިސް އައްޔަންކުރެއްވީ ކުރިން އެމަޤާމް ފުރުއްވަމުން ގެންދެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި މަޤާމުން ވަކިކުރެއްވުމުންނެވެ.