
ދަށުކޯޓު ތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު ގެ ދަށުން 07 ފަނޑިޔާރަކު، މިހާރު މަސައްކަތް ކުރައްވާކޯޓު ނޫން އެހެންކޯޓުތަކަށް ބަދަލުކުރައްވަން ޖުޑީޝަލްސާވިސްކޮމިޝަން (ޖޭއެސްސީ)ން ނިންމަވައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމެވީ އެފަނޑިޔާރުން ބަދަލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުށަހެޅި ހުށަހެޅުންތަކަށް ރިޢާޔަތްކޮށެވެ. އެގޮތުން ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްދިނުމަށް މިއަދު ވަނީ ނިންމާފައެވެ.
އެފަނޑިޔާރުން ބަދަލު ކުރުމަށް ނިންމެވި ކޯޓުތައް:
| ބަދަލުކުރުމަށް ނިންމެވި ފަނޑިޔާރުން ބަދަލު ކުރުމުގެ ކުރިން މަސައްކަތް ކުރެއްވި ކޯޓު | ބަދަލު ކުރުމަށް ނިންމެވި ކޯޓު |
| ކްރިމިނަލް ކޯޓުގެ ޤޟީ އަލްއުސްތާޛު ސައީދު އިބްރާހިމް | ޖުވެނައިލް ކޯޓު |
| ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލް | ކްރިމިނަލްކޯޓު |
| ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު އީސާފުޅު | ޖުވެނައިލް ކޯޓު |
| ޖުވެނައިލް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނައީމް | ޑްރަގްކޯޓު |
| ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް އަލްފާޟިލް މޫސާ ނަސީމް | ގދ.ގައްދޫ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް |
| ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަލްފާޟިލް އަބްދުލްޣަފޫރު | ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް |
| ވ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބް | ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް |
