ތަގްސް އޮފް ހިންދުސްތާން' ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ހޯދައިފިއެވެ. މިއީ މިހާތަނަށް ފިލްމު އެޅުވި ފުރަތަމަ ދުވަހު ބޮލީވުޑް ފިލްމެއް 50 ކްރޯޑުގެ ބެންޗުމާކް ހުރަސްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރީން ފިލްމު އެޅުވި ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމަކީ ޝާހް ރުކް ޚާންގެ 'ހެޕި ނިއު އިޔަރ' އެވެ. އެފިލްމަށް ލިބިފައިވަނީ 44.97 ކުރޯޑެވެ. މި ދެ ފިލްމުވެސް ނެރެފައިވަނީ އިންޑިއާގައި ފާހަގަކުރާ ދިވާލީ ގެ ތެރޭގައެވެ.
52.5 ކުރޯޑާއެކު 'ތަގްސް އޮފް ހިންދުސްތާން' ވެފައިވަނީ އެއްދުވަހުގެ ތެރޭގައި އެހައި ބޮޑު ފައިދާއެއް ލިބުނު ފިލްމަށެވެ. މީގެ ކުރީން އެއްދުވަހުގެ ތެރޭގައި އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމެއްގެ ގޮތުގައި އޮތީ 34.19 ކުރޯޑާއެކު ރަންބީރް ކަޕޫރް އެކްޓް ކޮށްފައިވާ ފިލްމު 'ސަންޖޫ' އެވެ.
އާމިރް ޚާންގެ އަކީ އަބަދުވެސް އާދަޔާ ޚިލާފު ފިލްމުތަކެއް އުފައްދައި ކުޅޭ ފިލްމެކެވެ. ތަގްސް އޮފް ހިންދުސްތާން އެޅުވުމާ ހަމައަށް އާމިރްއަށް ފުރަތަމަ ދުވަހު އެންމެ ބޮޑު ކާމީޔާބީ އެއް ލިބުނު ފިލްމުގެ ގޮތުގައި އޮތީ 36.22 ކުރޯޑާއެކު "ދޫމް 3" އެވެ. ފިލްމު ވިޔަފާރި އެނެލައިޒް ކުރާ މީހުން ލަފާކުރާ ގޮތުގައި 2 ދުވަސް ނުވަތަ 3 ދުވަސް ތެރޭގައި ފިލްމު 100 ކުރޯޑު މާކު ހުރަސްކުރާނެއެވެ.
އާމިރްގެ އިތުރުން އަމީތާބް ބައްޗަން އާއި ކަޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝައިޚް ގެ ފިލްމުަތަކުންވެސް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީ އެއް ލިބުނު ފިލްމަށެވެ.