
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހީމް ރަޝީދުއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން، މިކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މިއަދު (30 މެއި 2016) ން ފެށިގެން މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފިއެވެ.