
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި، ދިއްގަރުދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރައްވައިފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކުރައްވައިފިއެވެ.
އެ ދެބޭފުޅުންގެ މައްޗަށް ކުރައްވައިފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރަން ސްޕްރީމްކޯޓުން އަމުރު ނެރުއްވީ އެބޭފުޅުންގެ މައްޗަށް ކުރައްވައިފައިވާ ޖަލުޙުކުމް މުރާޖައާ ކޮށްދެއްވުންއެދި ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައިވާތީ އެމައްސަލަ ނިމެން ދެނެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވައިފައިވަނީ އޭނާ އުޅުއްވި އެޕާޓްމެންޓުން ހަތިޔާރު ފެނުނު މައްސަ ކޯޓުގައި ސާބިތުވުމުންނެވެ. އެ މައްސަލައިގައި ނާޒިމްގެ މަޗަށް ކުރައްވައިފައިވަނީ 11 އަހަރުގެ ޖަލު ޙުކުމެކެވެ.
ކުރީގެ މެމްބަރު ނާޒިމްގެ މައްޗަށް ކުރައްވައިފައިވަނީ 25 އަހަރުގެ ޖަލު ޙުކުމެމެވެ. މިދެބޭފުޅުމްގެ މައްޗަށް ކުރައްވައިފައިވާ ޙުކުމް ފަސްކުރައްވަން އަމުރު ނެރުއްވިއިރު ކާނަލް ނާޒިމް ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ.