މަލާއިކާ އަރޯރާ އާއި އަރުޖުން ކަޕޫރްގެ ކައިވެނި 2019ވަނަ އަހަރު

މަލާއިކާ އަރޯރާ އާއި އަރްޖުން ކަޕޫރްގެ ލޯބީގެ ގުޅުމުގެ ވާހަކަ އަކީ ބޮލީވުޑްގައި މަޝްހޫރު ވާހަކައެވެ. މި ދެ މީހުންގެ ގުޅުން ވަރުގަދަވެ މިޙާރު އާއްމުންގެ ތެރެއިން ފެންނަލެއް ވެސް ވަނީ އިތުރުވެފައެވެ. ދާދި ފަހުން އަރްޖުން ވަނީ މަލާއިކާގެ 45ވަނަ އުފަންދުވަސް ފާހަގަ ކުރަން އިޓަލީ އަށްވެސް ގޮސްފައެވެ. އެންބުރި އިންޑިއާ އަށް ގޮސްފައިަވނީ އެއް ފްލައިޓެއްގައެވެ. އިޓަލީގެ މިލާންގެ އެއަރޕޯޓު ތެރެއިން ދެ މީހުން އަތުގުޅާލައިގެން ދާ މަންޒަރު ޕަޕަރާޒީން ވަނީ ފޮޓޯ ނަގާފައެވެ.

މަލާއިކާ އަކީ ކަލަރސް ޓީވީ އިން މިހާރު ދައްކާ ޝޯ "އިންޑިއާ ހޭޒް ގޮޓް ޓެލެންޓް' ގެ ފަނޑިޔާރެކެވެ. ފިލްމު ޕްރޮމޯޝަނަކަށް އަރްޖުން ޝޯއަށް ދިއުމުން މަލާއިކާ ވަނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކައަށް ބާރު ލިބޭ ގޮތަށް އަރްޖުންގެ އަތުގައި ހިފައިފައެވެ.

އަރްޖުން އާއި މަލާއިކާގެ ގުޅުމުގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މި ދެތަރީންގެ އާ ވާހަކައެއް މިއަދު ވަނީ ފެންމަތިވެފައެވެ. ދެތަރިންގެ ގާތް މީހަކާ ހަވާލާދީ މަލާއިކާ އާއި އަރްޖުން 2019ވަނަ އަހަރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ޚަބަރު ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މަލާއިކާ އާއި އަރްބާޒް ޚާންގެ 18 އަހަރުވީ ކާވެނި ރޫޅުމުގެ އަސްލަކީވެސް މި ދެތަރީންގެ މެދުގައި ގާތް ގުޅުމެއް އުފެދުން ކަމަށް ކުރީން މިޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އަރްބާޒްވެސް މިހާރު އެހެން މީހަކާ ގުޅިގެން އުޅޭ ކަން އޭނާވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ. އަރްބާޒް އާއި މަލާއިކާގެ ކައިވެންޏަށް 15 އަހރުގެ ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.