ކަޝްމީރުގައި ފެތުރެމުންދާ އަނިޔާވެރިކަމާ ގުޅޭގޮތުން އޯއައިސީގެ ބައްދަލުވުމެއް މާދަމާ ޖިއްދާގައި ބާއްވަނީ

އިންޑިއާގެ އަތްދަށުގައި ވާ ޖައްމޫ ކަޝްމީރުގައި އިތުރުވަމުންދާ އަނިޔާވެރިކަމާ ގުޅޭގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ ރާބިޠާ ގްރޫޕްގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީ ޕާކިސްތާނުގެ އެދުމަކަށް ބާއްވާ ޖަލްސާއެކެވެ. މި ބައްދަލުވުމުގައި ބައިވެރިވާނީ އޯއައިސީގެ މެންބަރު ގައުމުތަކުން އޯއައިސީއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުންނެވެ.

ޖިއްދާގައި މާދަމާ ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންތައްތައް މާޗު މަހުގެ 1-2 އަށް އަބޫދާބީގައި ބާއްވާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދުވުމުގައި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް އިންޑިއަގެ އެކްސްޓާނަލްއެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ. އޭނާ ޖަލްސާއަށް ވަޑައިގެންފިނަމަ ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހު މަޙްމޫދު ޤުރައިޝީއާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

ޖައްމޫ ކަޝްމީރުގައި އިންޑިއާއިން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ކަންތައްތަކާ ދެކޮޅަށް އޯއައިސީން ވަނީ ބަޔާންނެރެ ފާޑުކިޔާފައެވެ. އޯއައިސީން ބުނި ގޮތުގައި ޖައްމޫ ކަޝްމީރުގެ މައްސަލައަކީ ހަމައެކަނި އިންޑިއާގެ ދާޚިލީ މައްސަލައެއްނޫނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.