
ރަންވީރް ސިންގހް އާއި ދީޕިކާ ޕަދުކޯން ގެ ކައިވެނި ނޮވެންބަރު މަހުގެ 14 އަދި 15ވަނަ ދުވަހު އޮންނާނެ ކަމަށް ދީޕިކާ އާއި ރަންވީރް ހާމަކޮށްފިއެވެ. މިއަދު ސޯޝަލްމީޑިއާގައި މި ދެތަރީންގެ ކާވެނީ ތާރީޚު އިއުލާންކޮށްފައިވީ ނަމަވެސް ކާވެނީގެ ރަސްމިއްޔާތު އޮންނަ ތަނެއް ހާމަކޮށްފައެވެ ނުވެއެވެ.
ދީޕިކާ އާއި ރަންވީރު ލޯބީގެ ގޮތުން ގުޅުނީ 'ގޯލިޔޯން ކީ ރަސީލާ ރާމްލީލާ ގެ ސެޓުގައެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ގުޅުން ސިއްރުކޮށްފައިވެއެވެ، ރަންވީރާއި ދީޕިކާ އަށް ބޮލީވުޑްގެ ތަރިން ދަނީ ތަހުނިޔާ ފޮނުވަމުންނެވެ.