އިޚްލާޞްތެރި ކަމާއެކު ވެރިކަން ބަދަލުކުރުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް އަށް އިންޠިޚާބީ ރައީސްް ގޮވާލައްވައިފި

Pic: @MDPSecretariat

ރައްޔިތުންގެ ނިންމުން ބަލައިގަނެ އިޚްލާޞްތެރި ކަމާއެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންޠިޚާބީ ރައީސް އިބްރާހީމް މުޙައްމަދް ޞާލީހް ގޮވާލައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން އިބްރާހީމް މުޙައްމަދް ޞާލިޙް ގެ ފަރާތްޕުޅުން ނެރުއްވާފައިވާ ބަޔާނެއްގައި ހާމަ ކޮށްފައިވަ ގޮތުގައި ރައްޔިތުންގެ ވޯޓާ މެދު ޔަގީންކަމެއް ނެތި ހަފްތާތަކަކަށް ފަހު އިންޠިކާބުގެ ނަތީޖާ މިއަދު ރައްޔިތުންނަސް ވަނީ ސާފުވެފައެވެ.

ސުޕްރީމަށް ކޯޓަށް އިންޠިކާބު ބާޠިލު ކުރުމަށް ހުށަހެޅި ޕެޓިޝަނަކީ ފުރަތަމަވެސް ދޯހަޅި އެއްޗެއް ކަމަށާއި، އެ ޕެޓިޝަނުުން ބޮޑަށް ހާމަވެގެން ދިޔައީ ބަލި ގަބޫލުކުރުމުގައި ބައެއް ފަރާތްތަކުން ނުކުޅެދިފައިވާ ކަންކަމަށެވެ. އަދި މިއަދުގެ ޙުކުމަށް ފަހު އޮމާން ކަމާއެކު ވެރިކަން ބަދަލުވާނެ ކަމަށެވެ.

އަދި އިންޠިކާބުގެ ތެރޭގައި ވަޢުދެ ވެވަޑައިގެންފައިވާ ފަދައިން ރައިޔުތުންގެ ޙައްޤުތައް ދެމެހެއްޓުމާއި ، ޑިމޮކްރެސީ ހަރުދަނާ ކުރުމާއި، ގަނޫން އަސާސީ ނެގެހެއްޓުމާއި، އަދި ރައްޔިތުންނަށް އަމާންކަމާއި ތަނަވަސް ކަން ފޯރުކޮށް ދިނުން ފަދަ ވައުދުތައް އާ ސަރުކާރުން ފުއްދައި ދިނުމުގެ މުހިއްމުކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.