އިންޠިޚާބީ ރައީސް ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރައްވައިފި

pic: @MNDF_Official twitter

އިންޠިޚާބީ ރައީސް އިބްރާހިމް މުޙައްމަ ޞާލިޙް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދް ޝިޔާމް އާއި ބައްދަލު ކުރައްވައިފިއެވެ. ޕްރެޒިޑެންޓް އިލެކްޓް، މޭޖަރ ޖެނެރަލ ޝިޔާމް އާއި ބައްދަލު ކުރެއްވީ މިއަދު ހެނދުނު ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ މައި މަރުކަޒުގައެވެ.

އިންޠިޚަބު ކާމިޔާބު ވަޑައިގަތުމާ އެކު އެމަނިކުފާނު ދަނީ އެކި މުއައްސަސާ ތަކުގެ އިސް ބޭފުޅުންނާއި މުއައްޒަފުންނާއި އަދި ޖަމްޢިއްޔާ ތަކާއި ބައްދަލު ކުރައްވަމުންނެވެ. އަދި ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުން ގެންދަވަނީ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު އެކްޓިންގ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ނަވާޒް ވަނީ ޕްރެޒިޑެންޓް އިލެކްޓްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އަދި ހަމަ އެދުވަހު ކަސްޓަމްސްގެ މުއައްޒަފުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

އިއްޔެ އިބްރާހީމް މުޙައްމަދް ޞާލިޙް އާއި އެމަނިކުފާނުގެ ވައިސް ޕްރެޒިޑެންޓް އިލެކްޓް ފައިސަލް ނަސީމް ވަނީ 'ޑެފް އެސޯސިއޭޝަން އާ ބައްދަލުކުރައްވާފައެވެ.

އެއަށްފައހު ކަސްޓަމްސް އަށް ވަޑައިގެން ކަމިޝަނަރ ޖެނެރަލްސް އޮފް ކަސްޓަމްސް އާއި އެތަނުގެ މުއައްޒަފުންނާ ވެސް ބައްދަލުކުރެއްވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.