ސައުދީ ދަތުރުފުޅަށްފަހު ފަސްޓް ލޭޑީ ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ރިޔާސީ އިންތިޚާބަށް ފަހު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

މެޑަމް ފާތިމަތު އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ޕީޕީއެމްގެ އިސްބޭފުޅުންނާއި ބަޔެއް ވަޒީރުންގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންވެސް ގޮސްތިއްބެވެ. ފަސްޓް ލޭޑީ ސައުދީއަށް ވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެއީ އަމިއްލަ ދަތުރުފުޅެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ދަތުރުފުޅުގައި އެކަމަނާ ވަނީ އުމްރާގެ އަޅުކަންވެސް އަދާ ކުރައްވާފައެވެ. އެކަމަނާއާއެކު ހަނގު ފިރިހެން ދަރިކަލުންވެސް ސައުދީއަށް ވަޑައިގެންނެވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ފިރިކަލުން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް ފަސްޓް ލޭޑީ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.