ޒާހިރު ނަސީރު އަވަހާރަވެއްޖެ

1704389361

ރާއްޖޭގެ ކުޅިވަރުދައިރާގައި ފާހަގަކޮށްލެވޭ މުހިންމު ޝަހުސިއްޔަތެއްކަމަށްވާ މުޙަންމަދު ޒާހިރު ނަސީރު (ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިއާ) އަވަހާރަވެއްޖެއެވެ.

ފަހަކަށް އައިސް އާލާސްކަންފުޅާ އުޅުއްވި ޒާހިރު އަވަހާރަވީ ރޭ ފަތިހު ވަރަށް ކުއްލިގޮތަށެވެ. ޙާލުބޮޑުވެގެން އެމެޖެންސީގައި ޒާރު ރޭފަތިހު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިއެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވަނީ އަވަހާރަވެފައެވެ.
ޒާހިރަކީ ރާއްޖޭގެ ކުޅިވަރުގެދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅެއްގެ އިތުރުން ދައުލަތުގެ މުހިންމު މަޤާމުތައް ފުރުއްވި ޢިއްޒަތްތެރިއެކެވެ. އަދި އޭނާއަކީ ދިވެހިނޫސްވެރިކަމަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް މިމަހު މީޑިއާ ކައުންސިލުން ވަނީ އޭނާއަށް ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އަރުވާފައިވެއެވެ.
ޒާހިރުގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަމުގައި ކުރެއްވި ޚިދުމަތްތަކެވެ. އޭނާއަކީ އެންމެ ގިނަ ދުވަހު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.
ޒާހިރު ނަސީރު އަވަހާރަވިއިރު އުމުރުފުޅަކީ 87 އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.