
ސާރާ އާއި ރަންވީރް ސިންގހް އެކުގައި މަސައްކަތް ކުރަމުން އަންނަ ފިލްމު، 'ސިމްބާ' ގެ ޝޫޓިން އަށް ފަހު ސާރާ އެނބުރި އިންޑިއާއަށޤ ހިންގައްޖެއެވެ. ސުވިޒަރލޭންޑްގައި ޝޫޓްކޮށްފައިވަނީ ފިލްމނުގެ ލަވަ ސީރީސް އެކެވެ. ޝޫޓިން ތެރެއިން ސާރާ ދިޔައީ ސްވިޒޒަރލޭންޑްގެ ގުދްރަތީ ރީތި ކަން ފެންނަ ގިނަ ފޮޓޯތަކެއް އޭނާގެ އިންސްޓެގްރާމްގައި ޝެއަރ ކުރަމުންނެވެ.
'ސިމްބާ' ވެގެންދާނީ ސާރާ ބޮލީވުޑަށް ތައާރަފްވާ ފިލްމަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތް ޝެޓީ އެވެ. ސާރާ ފުރަތަމަ ބޮލީވުޑަށް ތައާރަފް ވާން އޮތީ އަބީޝެކް ކަޕޫރްގެ 'ކެދަރްނާތް' އިންނެވެ. ނަަމަވެސް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން ލަސްވުމުން އެފިލްމު ވަނި މިއަންނަ އަހަރަށް ލަސްކޮށްފައެވެ. ކެދަރްނާތްގައި ސާރާގެ ކޯ ސްޓަރ އަކީ ސުޝާންތް ރާޖްޕުތް އެވެ.
'ސިމްބާ' ސިނަމާގައި އަޅުވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.