ޕިރްލޯއާއި ބަލޮޓަލީ ނުހިމަނައި އިޓަލީގެ ސްކޮޑު ނަގައިފި

ބަލަޓޮލީ (ކ) އާއި ޕިރްލޯ
ބަލަޓޮލީ (ކ) އާއި ޕިރްލޯ
ބަލަޓޮލީ (ކ) އާއި ޕިރްލޯ

އަންމަ މާޗްމަހު ފްރަންސޭސިވިލާތުގައި ފަށާ، ޔޫރޯ 2016 ގައި ވާދަކުރާ އިޓަލީގެ ޤައުމީ ޓީމުގެ ސްކޮޑުން އިޓަލީގެ ފުޓުބޯޅައިގެ ދެތަރިން ކަމަށްވާ މާރިއޯ ބަލަޓޮލީއާއި އަންދްރޭ ޕިރްލޯ ބާކީވެއްޖެއެވެ.

އެމެރިކާ ލީގުގައު ކުޅޭ މިޑްފީލްޑަރ އަންދްރޭ ޕިރްލޯއާއި، އޭސީމިލާންގެ ސްޓްރައިކާރ މާރިއޯ ބަލަޓޮލީގެ އިތުރުންވެސް މަޝްހޫރު ބައެއް ކުޅުންތެރިން މިފަހަރު އިޓަލީގެ ޤައުމީ ސްކޮޑުގުންވަނީ ބާކީވެފައެވެ. އޭގެތެރޭގައި، މާކޯ ވެރާއްޓީ އާއި ކްލައުޑިއޯ މާކީޝިއޯ އާއި ފަބިއޯ ބޮރީނީ އާއި އާމަންޑޯ އިޒޯ އާއި ލޮރެންޒޯ ޑި ސިލްވެސްޓްރީ އާއި މިޑްފީލްޑަރު ރޮބާޓޯ ސޮރިއާނޯ ހިމެނެއެވެ.

އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭ ނެގި 30 ކުޅުންތެރިންގެ ސްކޮޑު

ކީޕަރުން:

ޖިއާން ލުއިޖީ ބުފަން (ޔުވެންޓަސްގެ)

ފްރެޑްރިކޯ މާޗެޓީ( ލާޒިއޯގެ)

ސަލްވަޓޯރޭ ސިރްގޫ (ޕީއެސްޖީ)

ޑިފެންޑަރުން:

ޑޭވިޑް އެސްޓޯރީ (ފިއޮރެންޓީނާ)

އަންދްރޭ ބަރްޒަގްލީ (ޖުވެންޓާސް)

ލިއަނާޑޯ ބޮނޯޗީ (ޔުވެންޓާސް)

ޖޯޖިއޯ ކެލީނީ (ޔުވެންޓަސް)

އެންޖަލޯ އޮބާނާ (ވެސްޓްހަމް)

ޑެނިއަލް ރުގާނީ (ޔުވެންޓަސް)

ވިންގާރސް:

ފެޑްރީކޯ ބާރނަޑިޝީ (ފިއޮރިންޓީނާ )

އެންޓޯނިއޯ ކަންޑެރްވާ (ލާޒިއޯ)

މަޓެއޯ ޑާމިއަން ( މެންޗެސްޓަރ ޔުނައިޓެޑް)

މަޓިއާ ޑިސީލިއޯ ( މިލަން)

ސްޓެފަން އެލް ޝާރަވޭ ( ރޯމާ)

ޑޭވިދް ޒަޕަކޮސްޓާ (ޓޮރިނޯ)

މިޑްފީލްޑަރުން:

މާކޯ ބެނަސީ ( ޓޮރިނޯ)

ޑިއޮކޯމޯ ބަނަވެންޝްރާ ( މިލާން)

ޑެނިއަލް ޑިރޮސީ (ރޯމާ)

އެލެސެންދްރޯ ފްލޮރެންޒީ ( ރޯމާ)

އެމަނުއެލް ޖިއަޗެރިނީ (ބޮލޮގްނާ)

ޖީޖިނޯ (ނަޕޯލީ)

ރިޗަޑް މޮންޓޮލީވޯ (މިލާން)

ތިއޭގޯ މޮޓާ (ޕީއެސްޖީ)

މަރްކޯ ޕެރްލޯ ( ލާޒިއޯ)

ސްޓަފަން ސްޓުރާރޯ (ޔުވެންޓާސް)

ފޯވަޑުން:

އެޑާ (އިންޓަމިލާން)

ސިއެރޯ އިމޯބައިލް ( ޓޮރިނޯ)

ލޮރެންޒޯ އިންސިނޭ ( ނަޕޯލީ)

ގްރެޒިއާނޯ ޕެއްލޭ (ސައުތެމްޓަން)

ސިމިއޯނީ ޒަޒާ (ޔުވެންޓަސް)

އަންނަ މަހު ފަށާ ޔޫރޯ 2016 ގައި އިޓަލީ ހިމެނެނީ ގްރޫޕު އީގައެވެ. މިގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ބެލްޖިއަމް އާއި ސްވިޑް އަދި ރިޕަބްލިކް އޮފް އަޔަލޭންޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.