ސޮނާލީގެ ހިތްވަރަށް އަނޫޕަމް ޚޭރް ގެ ތައުރީފް

ކެންސަރާ ހަނގުރާމަ ކުރަމުންދާ ބޮލީވުޑްގެ ތަރި ސޮނާލީ ބޭންޑްރޭގެ ހިތްވަރަށް އަނޫޕަމް ޚޭރް ތައުރީފު ކޮށްފިއެވެ. ބައްޔާ ހަނގުރާމަ ކުރަމުންދާ ގޮތާއި ތަހައްމަލު ކުރަމުންދަ ކަންކަން ސޮނާލީ ދަނީ ދޭތެރެދޭތެރެއިން ސޯޝަލްމީޑިއާގައި ހިއްސާ ކުރަމުންނެވެ. ސޮނާލީ ފަރުވާ ހޯދަމުންދަނީ އެމެރިކާގައެވެ.

ނިއުޔޯކުގައި އަނޫޕަމް ވަނީ ސޮނާލީ އާއި އޭނާގެ އާއިލާ އާއި ބައްދަލުކޮށްފައެވެ. ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކާ ސޮނާލީ ކުރިމަތިލާ ގޮތަށް އެކަންކުރެވޭނީ ވަރަށް ހިތްވަރު ހުރެގެން ކަމަށް އަނޫޕަމް ބުނެފައިވެއެވެ.

ސޮނާލީވެސް އެއްބަސްވާ ގޮތުގައި އޭނާ އަށް ބައްޔާ ހަނގުރާމަ ކުރެވެނީ ބިރު ފަހަނަ އަޅައި ދެވުމުންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރަނގަޅު ދުވަްސް ދުވަހާއި ގޮށް ދުވަސް ދުވަސް ތަޖުރިބާ ކުރަންޖެހފިައިވާ ކަމަށޤ ސޮނާލީ ބުނެއެވެ. އަދި ބައެއް ދުވަސް ދުވަހު ވަރުބަލިވެ އިނގިއްޔެއް ހިއްލައިލުމުންވެސް އޭނާ ގައިގައި ކެތް ނުކުރެވޭ ވަރަށް ތަދު އިސުސާސް ކުރަން ޖެހޭ ކަމަށް ސޮނާލީ ބުނެފައިވެއެވެ. ސޮނާލިގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ފުރަތަމަ ޖިސްމާނީ ތަދު އިހުސާސް ކުރެވުނު ނަމަވެސް އެތަދު ނަފްސާނީ އަދި ޖަޒްބާތީ ތަދަށް ބަދަލުވެއެވެ. ހިތްދަތި ދުވަސްތަކުގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ ސާޖަރީ އާއި ކީމޯ އަށް ފަހު އަންނަ ދުވަސްތަކެވެ. އެދުވަސްތަކުގައި ހުނުމަކީވެސް ވޭން އަޅާ ކަމައް ކަމަށް ސޮނާލީ ބުނެފައިވެއެވެ.

ތަދާއި ވޭނާއެކުވެސް ސޮނާލީ ބޭނުންވަނީ އެފަދަ ދުވަސްތަކުގެ މައްޗަށް ގަދަވެ އެދުވަސްތަކަކީ ވެސް އުފާވެރި ދުވަސްތަކަކަށް ހަދާށެވެ. އަދި ބައެއް ކަންކަމަކީ އަމިއްލަ އަށް ކޮންޓްރޯލް ކުރެވޭ ކަންކަމަށް ނުވުމުން އެކަމަށް ޝުކުރެވެރިވެ އެކަން ގަބޫލު ކުރުމުން ދިރިއުޅުން ކުރއަށް ގެންދަން ފަސޭހަ ކަމަށް އޭނާ ބުނެފައިވެއެވެ.

ފަރުވާ ކުރިއަށްދާއިރު މިއީ އިމްތިހާނެއް ކަމަށް ސޮނާލީ ދެކެއެވެ. އަދި އޭނާ އަކީ ދަރިވަރެއް ކަމަށާއި މުޅި އުމުރު އުނގެނެނީ ކަމަށް ވެސް ސޮނާލީ ބުނެފައިވެއެވެ.

View this post on Instagram

“I knew that if I allowed fear to overtake me, my journey was doomed. Fear, to a great extent, is born of a story we tell ourselves, and so I chose to tell myself a different story from the one women are told. I decided I was safe. I was strong. I was brave. Nothing could vanquish me.” – Cheryl Strayed, Wild. Over the past couple of months, I have had good days and bad ones. There have been days when I’ve been so exhausted and in so much pain that even lifting a finger hurt. I feel like sometimes it’s a cycle… one that starts off with physical pain and leads to mental and emotional pain. The bad days have been many… Post chemo, post-surgery and the like… where even just laughing hurts. Sometimes it felt like it took everything I’ve had to push past it… a minute to minute battle with myself. I got through it knowing that even though I was fighting a long drawn out, draining battle… it was one that was worth the fight. It’s important to remember that we’re allowed to have those bad days. Forcing yourself to be happy and cheerful all the time serves no purpose. Who are we being fake and putting on an act for? I allowed myself to cry, to feel the pain, to indulge in self-pity… for a short while. Only you know what you’re going through and it is fine to accept it. Emotions aren’t wrong. Feeling negative emotions isn’t wrong. But after a point, identify it, recognize it and refuse to let it control your life. It takes an immense amount of self-care to get out of that zone. Sleep always helps, or having my favourite smoothie after chemo, or just talking to my son. For now, as my treatment continues… my visual focus remains to just get better and get back home. It’s yet another test… Student all my life… Learning all my life… #OneDayAtATime ?: @srishtibehlarya

A post shared by Sonali Bendre (@iamsonalibendre) on

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.