އިބްރާހީމް މުޙައްމަދް ޞާލިޙް ގަވަރނަރ އާއި ބައްދަލުކުރައްވައިފި

pic: @MDPSecretariat

ޕްރެޒިޑެންޓް-އިލެކްޓް އިބްރާހީމް މުޙައްމަދް ޞާލިޙް އެމްއެމްއޭގެ ގަވަރނަރ އަޙްމަދް ނަޞިރް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. އިބްރާހީމް މުޙައްމަދް ޞާލިޙް ގަވަރނަރ އާއި ބައްދަލު ކުރެއްވީ މިއަދު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ ގައެވެ. ގަވަރނަރ ގެ އިތުރުން އެމަނިކުފާނު ވަނީ އެމްއެމްއޭ ގެ އިސް މުއައްޒަފުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އިންޠީޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމާއެކު އިބްރާހީމް މުޙައްމަދް ޞާލިޙް ގެންދަވަނީ މުއައްސަސާ ތަކާއި ކުންފުނި ތަކުގެ އިސްވެރީންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސިޔާސީ ބައެއް ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.