އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީހަކާ ދެއްކެވި ވާހަކައެއް ކަމަށް ބުނެ އާންމުވެފައިވާ އޯޑިއޯ ފުލުހަށް ހުށަހަޅައިގެން އެކަން ތަހުގީގު ކުރުމަށް މަސައްކަތް ކުރައްވަން ވިސްވާ ކަމަށް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޯޑިއޯއަކީ އެޑިޓެއް ކަމަށެވެ. އޭގައި ވާހަކަ ދައްކަވަނީ ކޮފީއެއްގައި އިންނަވައިގެން އޭނާގެ ރައްޓެއްސަކާ ކަމަށް ވެސް ވިދާޅުވިއެވެ. އެ މުޅި އޯޑިއޯއަކީ އެކިފަހަރުމަތިން ފޯނުން ދައްކަވާފައިވާ ވާހަކަތައް އޭނާއަށް އެންގެވުމަކީ ނުލައި ކޮންމެވެސް ބަޔަކު ރެކޯޑު ކޮށްގެން ލީކުކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ އޯޑިއޯއަކީ ކުރިން އޭނާ ބުރަ މަސައްކަތަކެއް ކޮށްދެއްވައިފައިވާ ޕީޕީއެމާއި ރައްޔިތުންގެ ހިތުގައި އޭނާގެ މައްޗަށްއޮތް އިތުބާރު ނަގާލުމަށްޓަކައި ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ. އެހެން ކަމުން އެ އޯޑިއޯގެ މައްސަކަ ޕޮލިހަށް ހުށަހަޅައިގެން އެކަމަށް ފުލުހުންނަށް އިންތިހާއަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެއި ކޮންމެ ވެސް ސއި ކުރިން އޭނާ މަސައްކަތް ކުރެއްވި ޕީޕީއެމް