ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާޅުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ޝެޑިއުލްކޮށިފއެވެ. ފާރިސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ޙަމީދު މިއަދު ކުރެއްވި ޓުވީޓެގައި ބުނާ ގޮތުން ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލުކުރެވިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ހައި ކޯޓުގައެވެ.
.@afarismaumoon MP identity fraud case appeal:
High Court hearing scheduled for 10 a.m. on Sunday 30 September 2018.
At this hearing, we will be asking the High Court to release Faris pending their judgment in the appeal.
— Maumoon Hameed (@maanhameed) September 27, 2018
މި އަޑުއެހުމުގައި ފާރިސް މައުމޫން އިސްތިއުނާފާ މެދު ގޮތެއް ނިންމުން ފަސްކޮސްދެއްވައި ފާރިސް މިނިވަން ކޮސްދެއްވުމަށް ހައި ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.
ފާރިސްގެ މައްޗަށް ޝާޚްޝް އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ ނޫސް ކޮންފަރެންސެއްގައި ގަވައިދާ ޚިލާފަށޤ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުުންކޮށްފައިވަ ކަމަށް ބުނެއެވެ. މި ދައުވާ ސާބިތުވެ ފާރިސް މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައި މިހާރު ދަނީ އެހުކުމް ތަންފީޒު ކުރަމުންނެވެ.
ޝަޚްޝް އޮޅުވާލުމުގެ އިތުރުން ދައުލަތުންވަނީ ފާރިސްގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.