ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން މައުމޫން ޢަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދް ނަދީމް މިނިވަން ކޮށްދެއްވުމަށް އެދި ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ފޯމު ހުށަހަޅުއްވައިފިއެވެ. ކޯޓަށް ފޯމު ހުށަހެޅުއްވިކަން ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދުވަނީ ޓުވިޓަރ ގައި ހާމަކުރައްވާފައެވެ.
ރައީސް މައުމޫން އާއި ފާރިސް އަދި ނަދީމް މިނިވަން ކޮށްދެއްވުމުގެ އިތުރުން މައުމޫން ހަމީދު ވަނީ 2018ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުގެ މެޑިކަލް ލަފާ އާއި އެއްގޮތަށް ރަައީސް މައުމޫން ވަގުތުން ގެއަށް ބަދަލުކޮށްދެއްުވުމަށް ކަރެކްޝަންސް އަށް ވެސް ގޮވާލައްވާފައެވެ.
We have today submitted applications to Criminal Ct & High Ct seeking the immediate release of Pres. @maumoonagayoom @afarismaumoon MP & @MNadhym
We also call on @Corrections_Mv to immediately transfer Raees Maumoon home in accordance with medical advice dating from 22 May 2018
— Maumoon Hameed (@maanhameed) September 24, 2018