ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ތަގްސް އޮފް ހިންދުސްތާންް' ގެ ޓްރެއިލަރ މިއަދު ނެރެފިއެވެ. ޔާޝް ރާޖް ފިލްމްސް އިން އުފެއްދި 'ތަގްސް އިފް ހިންދުސްތާން' ގެ ޓްރެއިލަރ ނެރެފައިވަނީ މަޝްހޫރް ފިލްމް މޭކަރ ޔާޝް ރާޖް ޗޯޕްރާގެ އުފަންދުވަހާ ދިމާކޮށެވެ. ފިލްމުގެ ކާސްޓަކީ އަމީތާބް ބައްޗަން އާއި އާމިރް ޚާން އާއި ކަޓްރީނާ ކައިފް އަދި ފަތިމާ ސަނާ ޝައިޚް އެވެ.
ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައރެކްޓް ކޮށްފަިއވާ މި ފިލްމުގެ ޓްރެއިލަރ އާއްމު ކުރުމުގެ ކުރީން ބެލުނެތެރީންގެ ސަމާލުކަން ހޯދަން ފިލްމުގެ އެކި ކެރެކްޓަރ ތަކުގެ މޯޝަން ޕޯސްޓަރ ތައް ވަނީ އާއްމުކޮށްފައެވެ.
'ތަގްސް އޮފް ހިންދުސްތާން' އަކީ ފިލިޕް މެޑޯސް ޓޭލަރ ގެ 'ކޮންފެޝަންސް އޮފް އަ ތަގް'، މި ނޮވެލްގެ މައްޗަށެވެ. މި ފިލްމަކީ އަމީތާބް އާއި އާމިރް ޚާން ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ.
'ތަގްސް އޮފް ހިނދުސްތާން' ޓްރެއިލަރ: