'ދެ ޙަަރަމްފުޅުުގެ ރޭލު' އިފްތިތާހުކޮށްފި

ަރަމައިން ރޭލްވޭގައި ބޭނުންކުރާ ރޭލެއް

އިސްލާމުންގެ އެންމެ މުޤައްދަސް ދެ ރަށް ކަމުގައިވާ މައްކާއާއި މަދީނާ ގުޅުވައިދޭ ހައިސްޕީޑް 'ހަރަމައިން ރޭލްވޭ' (ދެ ހަރަމްފުޅުގެ ރޭލު) ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އިއްޔެ އިފްތިތާޙުކޮށްދެއްވައިފިއެވެ. ސައޫދީ މަސްއޫލުވެރިން ސިފަކުރެއްވި ގޮތުގައި އެއީ މެދުއިރުމަތީގެ ސަރަހައްދުގައި ނިމިގެން ދިޔަ އެންމެ ބޮޑު ރޭލްވޭ މަޝްރޫއެެވެ.

ހަރަމައިން ހައިސްޕީޑް ރޭލް ސިސްޓަަމުން މައްކާއިން މަދީނާއަށް 450 ކިލޯމީޓަރުގެ ރާސްތާ ހައްޖުވެރިންނާ، އާއްމު ދަތުރުވެރިންނަށް ދެ ގަޑިއިރުގެ ތެރޭގައި ކަޑައްތުކުރެވޭނެއެވެ. މި ސިސްޓަމުގައި މިހާރު ހިމެނޭ 35 ރޭލަށް އަހަރަކު 60 މިލިއަން މީހުން އުފުލުމުގެ ގާބިލުކަން ލިބިގެން ވެއެވެ. މިރޭލުތައް މައްކާއިން މަދީނާއަށް ދަތުރުކުރާނީ ޖިއްދާ މަގުންނެވެ.

"މި މަޝްރޫއު ބެލެވެނީ މެދުއިރުމަތީގައި ހިންގާ ދަތުރުފަތުރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައި" އޭއެފްޕީއާ ވާހަކަފުޅުދައްކަވަމުން ހަރަމައިން ރޭލު މަޝްރޫއުގެ މެނޭޖަރު މުޙައްމަދު ފަލާޙާ ވިދާޅުވިއެވެ.

ކުރިން މައްކާއިން މަދީނާއަށް 4-6 ގަޑިއިރުން ކުރެވޭ ދަތުރު ގަޑިއަކު 300 ކިލޯމީޓަަރަށް ދަތުރުކުރާ، 417 މީހުންނަށް ދަތުރުކުރެވޭ ރޭލުން 120 މިނެޓަށް ބަދަލުކޮށްލާނެއެވެ.

ސައޫދީ ޚަބަރު ވަސީލަތްތަކުން ބުނާ ގޮތުގައި ހަރަމައިން ރޭލްވޭގެ މަޝްރޫއު ނިންމާލެވިފައި ވަނީ 16 ބިލިއަން އެމެރިކާ ޑޮަަލަރު ޚަރަދުކޮށްގެންެނެވެ. ރޭލުތައް ހެދުމާ 12 އަހަރު ދުވަހަށް އެ ބެލެހެއްޓުމުގެ އަގު 8 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

2011 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަރަމައިން ރޭލްވޭގައި ބޭނުންކުރާނެ ރޭލުތައް ހެދުުމަށް ހަވާލުކުރެވުނީ ސްޕޭންގެ ޓެލްގޯ ކުންފުންޏާއެވެ. އެކުންފުނިން މި ރޭލްވޭގައި ބޭނުންކުރަން އުފައްދާފައި ވަނީ ޓެލްގޯ 350 އެސްއާރްއޯ މަރުކާގެ ރޭލެވެ. ރޭލު ދަގަނޑު އެޅުމުގެ މަސައްކަތްކުރީ އައްރާޖިހީ އެލަޔަންސް ކިޔާ ކޮންސޯޓިއަމަކުންނެވެ. އެ ކޮންސޯޓިއަމްގައި ޗައިނާގެ ޗައިނާ ރޭލްވޭ ކޮންސްޓްރަން ކޮމްޕެނީގެ އިތުރަށް ސައޫދީ ދެކުންފުންޏަކާއި، ފްރާންސުގެ ކުންފުންޏެއް ހިމެނެއެވެ .

ހަރަމައިން ރޭލްވޭގައި ހިމެނޭ ފަސްް ސްޓޭޝަންގެ މަސައްކަތްކޮށްފައި ވަނީ ސައޫދީ އަދި ތުުރުކީ ކުންފުނިތައް ހިމެނޭ ކޮންސޯޓިއަމަކުންނެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި މި ރޭލްވޭ އާއްމު ދަތުރުތަކަށް ހުޅުވާލަން ހަމަޖެހިފައިވާއިރު މައްކާއިން މަދީނާއަށް އިކޮނޮމީ ކްލާހުގައި ދަތުރެއް ކުރެވޭނީ 150 ސައޫދީ ރިޔާލު (40 އެމެރިކާ ޑޮލަރު) އަށެވެ. އަދި ބިޒިނަސް ކްލާހުގައި 250 ރިޔާލު (67 ޑޮލަރު) އަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.