އައު ސަރުކާރުން އިންސާފުވެރި ވެރިކަމެއް ކޮށްދޭނެ ކަމަށް އުންމީދު ކުރަން: އެމްޑީއޭ

އިބްރާހީމް މުހައްމަދު ސާލިހު، ވޯޓު ލައްވަނީ

އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް އަދުލު އިންސާފުން ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީއޭއިން ވިދާޅުވެއްޖެއެވެ.

އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ކާމިޔާބަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ އެއްވެސް ބަޔަކު ތަފާތުކުރުމެއްނެތި އަދުލުއިންފުގެ މަގުން ކުރާ ވެރިކަމަކަށް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެބަޔާނުގައި އެމްޑީއޭއިން ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވައި ވެރިކަމުގެ ބާރު ބަދަލުކުރުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެމަނިކުފާނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

އެމްޑީއޭއަކީ 2013 ވަނަ އަހަރުންގެ ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމާއެކު ކޯލިޝަން ހައްދަވައިފައިވާ ޕާޓީއެކެވެ. އެހެންނަމަވެސް ނިމިގެން ދިޔަ އިންތިޚާބުގައި އެޕާޓީގެ ދައުރު އެހާބޮޑަށް ފާހަގަ ވެފައެއްނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.