
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ފުވައްމުލަކާއި އައްޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
އިބޫ އާއި ފައިސަލް ފުވައްމުލަކަށް ދަތުރު ފެށްޓެވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ބުދަ ދުވަހުގެ ރޭ ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ހުޅުމީދޫ އަށް ވަޑައިގެން ހުޅުމީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ފޭދޫއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.
އިއްތިހާދުގެ ކެމްޕޭން ނިންމުމުގެ ގޮތުން ބޭއްވި ބޮޑު ޖަލްސާ ބާއްވާފައިވަނީ ރޭ ހިތަދޫ ބަނދަރު ސަރަހައްދުގައެވެ. މި ޖަލްސާގައި އިބޫ އާއި ފައިސަލް ގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލަ ޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވަޑައިގެންނެވިއެވެ.