
ގޭސްޕްލާންޓުގެ ބޭރުގައި ދިން މިޙަމަލާގައި މަދުވެގެން 11 މީހުން މަރުވެފައިވެއެވެ. އަދި އެތަނާގުޅިފައިވާ ދެ ޕަވާރސްޓޭޝަނަކުން ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ.
ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން، އިރާޤުގެ އުތުރުގެ ސަރަހައެއްދެއްގެ ގޭސްޕްލާންތަކަށް ދިން ޙަމަލާއެއްގައި މަދުވެގެން 11 މީހުން މަރުވެއްޖެއެވެ. މަރުވިމީހުންގެ ތެރޭގައި އިރާޤުފުލުހުންގެ މީހަކުވެސް ހިމެނެއެވެ. މިޙަމަލާ އަމާޒުވި ގޭސްޕްލާންޓާ ގުޅިފައިވާ ކަރަންޓުއުފައްދާ ދެމަރުކަޒަކުން ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ.
އާދީއްތަދުވަހު އިރާޤު ގަޑިން ހެނދުނު ހައެއްޖަހާ އެހާކަންހާއިރުދިން މިޙަމަލާ ދީފައިވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއްގައި އެސަރަޙައްދަށްގޮސް އެ ގޮއްވާލައިގެންކަމަށް އިރާޤުފުލުހުން ހާމަކުރެއެވެ.
ޙަމަލާދޭން އެސަރަޙައްދަށް ދިޔަ އައިއެސްގެ ހަނގުރާމަވެރިންވަނީ ޙަމަލާދިނުމުގެކުރިން ގޭސްޕްލާންޓުގެ ގާޑުންގެ ގަޔަށްބަޑިޖާ އެމީހުން މަރާލާއިކަމަށާ، އިރާގުގެ ސަލާމަތީފަރާތްތަކުން އެރަހައްދަށް ދިޔައިރު، ގޮއްވާލި ކާރުވަނީ ސްޓޭޝަނުގެ ކައިރީގައި ޕާކުކޮށްފައިކަމަށް އިރާޤުފުލުހުން ހާމަކުރެއެވެ.
މިޙަމަލާއާގުޅިގެން ހިންގި އޮޕަރޭޝަނަށްފަހު އިރާޤުގެ ސަލާމަތީ ފަރާތްތަކުގެ ކޮންޓްރޯލުގެދަށަށް އެސަރަޙައްދުވަނީ ގެނެސްފައެވެ.