ށ. ކޮމަންޑޫން ފުރައިގެން ރ. އިފުރަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދެ ތަނަކުން ފަޅައިގެންގޮސް ދިޔަވުމާއި ގުޅިގެން އެ ލޯންޗަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިފުރަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ރ. ވާދޫއާއި ރަސްގެތީމާ ދޭތެރެއިން ދަތުރުކޮށްފައިދަނިކޮށް ދެ ތަނަކުން ފަޅައިގެންގޮސް ދިޔަވަމުންދާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދުގެ 11:30 ހާއިރުއެވެ.
މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ރ. އުނގޫފާރުގައި މަސައްކަތްކުރާ ފުލުހުން ވަނީ ލޯންޗެއްގައި އެސަރަޙައްދަށްގޮސް އެ ލޯންޗުން އެވަގުތު ދަތުރުކުރަމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިޔަވަމުންދިޔަ ލޯންޗު ކަފު ޖަހައިގެން ރަސްގެތީމު ފަޅަށް ވައްދާފައެވެ.
މިހާދިސާ ހިނގިވަގުތު އެ ލޯންޗުން ފަޅުވެރިންނާއެކު ޖުމްލަ 5 މީހަކު ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.