ކީރިތި ޤުރުއާނުގެ ޚަޞާއިޞު

18852_53904_1393596547

ކީރިތި ޤުރުއާނަކީ މާތްﷲގެ މަތިވެތި ކަލާމްފުޅެވެ. އެފޮތުގައި އެކަލާނގެ ވަޙީކުރައްވާފައިވަނީ މުޅި އިންސާނިއްޔަތުގެ ދުސްތޫރެވެ. އެއަށް ޢަމަލުކޮށްފިކަމަށްވާނަމަ ދެދުނިޔޭގައިވެސް ބާއްޖަވެރިކަމާއި ނަސީބު ލިބިގެންދާނެއެވެ. ޢަމަލު ނުކޮށްފިބަޔަކީ ދެދުނިޔޭގެ އަބާއްޖަވެރިންނެވެ.

އެއީ ހުރިހާގޮތުން އިންސާނުން ދިރިއުޅެންވީ އުސޫލުތަކާއި، އުޅެގެންނުވާނެ މަގު ބަޔާންކުރައްވައި އެއިންސާނުން އުފެއްދެވި ޚާލިޤު ވަޙީކުރެއްވި މަތިވެރި ބަސްފުޅެވެ.

ކީރިތިޤުރްއާނުގައިވާ ޢިލްމީ ހަޤީގަތްތަކާއި، އޭގައިވާ ޚާއްސަ ސިފަތަކަކީ، އެޤުރްއާން ޤަބޫލުނުކުރާ ޣައިރުމުސްލިމުންވެސް ޤަބޫލުކުރާ ހަޤީގަތްތަކެކެވެ. އެހެންކަމުން އަދި އަމުދުން އަޅުގަނޑުމެން މުސްލިމުން އެކަންކަން ދެނެ ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމުގައި ދެކެވެ.

ޣައިބުގެ ޚަބަރުތައް އައިސްފާވުން

ޣައިބުގައިވާ ޢިލްމަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ކަންކަމެއްނޫނެވެ. އެހެންނަމަވެސް ކީރި ޤުރުއާނުގައިވަނީ ޣައިބުގެ ޚަބަރުތައް އައިސްފައެވެ. ޣައިބުގެ ޚަބަރުތައް ގުޅިފައިވަނީ މާޟީގައި ވެފައިވާ ކަމެއް ނުވަތަ މިހާރުވާ ކަމެއް ނުވަތަ މުސްތަޤުބަލުގައި ވާނެކަމެކެވެ. މިއިން ކޮންމެ ޙާލަތަކާގުޅޭ ގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ.

ކީރިތި ޤުރުއާނުގެ ޚަޞާއިޞު

  1. ޣައިބުގެ ޚަބަރުތައް އައިސްފާވުން

ޣައިބުގައިވާ ޢިލްމަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ކަންކަމެއްނޫނެވެ. އެހެންނަމަވެސް ކީރި ޤުރުއާނުގައިވަނީ ޣައިބުގެ ޚަބަރުތައް އައިސްފައެވެ. ޣައިބުގެ ޚަބަރުތައް ގުޅިފައިވަނީ މާޟީގައި ވެފައިވާ ކަމެއް ނުވަތަ މިހާރުވާ ކަމެއް ނުވަތަ މުސްތަޤުބަލުގައި ވާނެކަމެކެވެ. މިއިން ކޮންމެ ޙާލަތަކާގުޅޭ ގޮތުން ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ.

  • މާޟީގައި ވެފައި ކަންކަމުގެ ޚަބަރުތައް

އުޑާއި ބިން ޚަލްޤު ކުރައްވާފައިވާ ގޮތުގެ ޚަބަރުތަކާއި، މާއްﷲ ލަޢުނަތް ލެއްވި އިބްލީސްގެ ވާހަކައާއި އާދަމް ޢަލައިހިއް ސަލާމްއާއި ކުރީގެ ނަބިއްޔުންގެ ވާހަކަ އައިސްފައި ވެއެވެ. ކުރީގެ އުއްމަތްތަކުގެ ވާހަކަ އަކީ ޣައިބުގައިވާ ޚަބަރުކަތެއްކަމުގައި ވީހިނދު، ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އަކީ އުއްމިއްޔަ ނަބިއްޔެއް ކަމުގައވާތީ، ކުރިން އެ ޚަބަރުތައް އެކަލޭގެފާނު ދެނެވަޑައި ނުގަންނަވަތެވެ. އަދި އަހުލު ކިތާބީންގެ ފޮތްތައް ވިދާޅުވެވަޑައިގެންފައި ނުވެއެވެ. އަދި އެހެން މީހެއްގެ ފަރާތުން އެކަލޭގެފާނަށް އެ ކަމާގުޅޭ ދަރުސްތައް ލިބިވަޑައިގެންފާ ނުވއެއެވެ. އަދި އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް އެކަމާގުޅޭ ޚަބަރުތައް ލިބިވަޑައިގެންފާ ނުވެއެވެ. ކީރިތި ޤުރުއާނުގެ ނައްސުން މިކަމަށް ދަލީލު ލިބެއެވެ. ނޫޙުގެ ފާނުގެ ވާހަކަ ވަޙީކުރައްވާ އޭގެފަހުގައި މާތްﷲ ސުބުޙާނަހު ވަތަޢާލާ ކީރތި ރަސޫލާއާ (صلي الله عليه وسلم)އާ މުޚާތަބު ކުރައްވާ ވަޙީކުރައްވާފައި ވެއެވެ.

تِلْكَ مِنْ أَنْبَاءِ الغَيْبِ نُوحِيهَا إِلَيْكَ مَا كُنْتَ تَعْلَمُهَا أَنْتَ وَلَا قَوْمُكَ مِنْ قَبْلِ هَذَا (هود: 49)

މާނަ އަކީ : "އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީ ކުރައްވާ ޣައިބުގެ ޚަބަރުތަކުގެ ތެރެއިން ޚަބަރުތަކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ ގައުމުގެ މީހުންނަަކަށްވެސް، މީގެކުރިޔަކުން އެ ޚަބަރުތައް އެނގިވަޑައި ގެންފައެއް ނުވެއެވެ."

އަދި މޫސާގެފާނުގެ ވާހަކަ މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

وَمَا كُنْتَ بِجَانِبِ الْغَرْبِيِّ إِذْ قَضَيْنَا إِلَى مُوسَى الْأَمْرَ وَمَا كُنْتَ مِنَ الشَّاهِدِينَ [القصص: (44)

މާނައަކީ : " (އޭ މުޙައްމަދުގެފާނެވެ!) އަދި ތިމަންރަސްކަލާނގެ މޫސާގެފާނަށް އަމުރުތައް ކަނޑައެޅުއްވި ހިނދު (ފަރުބަދައިގެ) ހުޅަނގު ފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) ހާޟިރުވި މީހުންގެ ތެރެއަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ."

އަދި މަރްޔަމްގެ ފާނުގެ ވާހަކަ އާއި ގުޅޭގޮތުުން ވަޙީކުރައްވާފައި ވެއެވެ.

ذَلِكَ مِنْ أَنْبَاءِ الغَيْبِ نُوحِيهِ إِلَيْكَ وَمَا كُنْتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنْتَ لَدَيْهِمْ إِذْ يَخْتَصِمُونَ (آل عمران: 44)

މާނައަކީ : " އެއީ، ޣައިބުގެ ޚަބަރުތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ވަޙީކުރައްވާ ޚަބަރުތަކެވެ. މަރްޔަމްގެފާނު ބެލުމާ ޙަވާލުވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (ގުރުއަތު ލުމުގެ ގޮތުން) އެއުރެންގެ ގަލަންތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ ޚިލާފްވީ ހިނދުގައިވެސް އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. "

 

 

  • ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް:

ކީރިތި ރަސޫލާ (صلي الله عليه وسلم) ޙާޟިރުވެވަޑައިގެން ނުވާ ތަންތާނގާއި އަދި އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނަށް ޚަބަރުދެއްވާފައި ނުވާ ކަންކަމުގެ ޚަބަރުތައް ކީރިތި ޤުރުއާނުގައި އައިސްފައި ވެއެވެ.

އެގޮތުން އެބަޔަކާމެދު މުސްލިމުންނަށް އެންމެ ބޮޑު ނުރައްކަލާ ކުރިމަތިވެފައިވާ މުނާފިޤުންގެ ޚަބަރުތައް އައިސްފައިވެއެވެ.

وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الحَيَاةِ الدُّنْيَا وَيُشْهِدُ اللهَ عَلَى مَا فِي قَلْبِهِ وَهُوَ أَلَدُّ الخِصَامِ (البقرة: 204)

މާނައަކީ : " ދުންޔަވީ ޙަޔާތާމެދު އެމީހަކު ބުނާބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ."

 

ނުނިމޭ

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.