''ނަމަސްތޭ އިންގްލެންޑް' އަށް އާތިފް އަސްލަމް ކިޔައިދީފައިވާ ލަވަ 'ތެރޭ ލިޔޭ' އަކީ ހިތުން ފިލުވައިނުލެވޭނެ ލަވައެކެވެ. މަންނާން ޝާހް ކޮމްޕޯޒް ކޮށްފައިވާ މިލަވަ ހަދާފައިވަނީ ޖާވިދް އަޚްތަރް އެވެ. ލިވަ ކިޔާފައިވަނީ އާތިފް އަސްލަމް އާއި އަކަންކްޝް ބަންދާރީ އެވެ. މިލަވައަކީ ފިލްމުގެ މައި ދެ ކެރެކްޓަރ ކަމުގައިވާ އަރްޖުން ކަޕޫރް އާއި ޕަރިނީތީ ގެ ލޯބީގެ ވާހަކައެވެ.
'ނަމަސްތޭ އިންގްލެންޑް' އަކީ 'ނަމަސްތޭ ލަންޑަން' ފްރެނޗައިޒްގެ ދެވަނަ ފިލްމެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވިޕުލް އަމްރުތްލާލް ޝާހް އެވެ. ފިލްމު ރިލީޒް ކުރާނީ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ.
'ނަމަސްތޭ އިންގްލެންޑް'ގެ އިތުރުން އަރްޖުން ކަޕޫރް އާއި ޕަރިނީތީ ޗޯޕްރާ ވަނީ ޔާޗް ރާޖް ގެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ 'ސަންދީޕް އޯރް ފަރާރް' އެވެ.
Thihen buneemaa lava balaalaifin.Nivaaavan kuda hedhun elhumaa, gaigoalhivun varah furihama ah fenigen dhey.