
އިންޑިއާގެ މަޝްހޫރް ކޮލަމިސްޓް ޓްވިންކަލް ކަންނާގެ ތިންވަނަ ފޮތް "ޕަޖާމާސް އާރް ފޮރގިވިންގ" ނެރެފިއެވެ. ޓްވިންކަލްގެ ފޮތް ނެރެފައިވަނީ ހުކުރު ދުވަހު މުމްބާއީގައެވެ. ފޮތް ނެރުމުގެ ހަފްލާގައި އޭނާގެ ފިރިމީހާ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރް އާއި މަންމަ ޑިމްޕަލް ކަޕާޑިއާ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް އާއި ސޯނަމް ކަޕޫރް އަދި ރަންވީރް ސިންގހް ބައިވެރިވިއެވެ.
ލިޔަން ފެށުމުގެ ކުރީން ޓްވިނަކްލަ ވަނީ ބޮލީވުޑްގެ ބައެއް ފިލްމްތަކުގައި މަސައްކަތް ކޮށްފައެވެ. ނަމވެސް އޭނާ އަށް އެކްޓީންގެ ދާއިރާގައި ކާމިޔާބު ލިބޭ ގޮތް ނުވުމުން އެދާއިރާ ދޫކޮށް ފިލްމު އުފެއްދުމާއި ލިޔަން ފަށާފައެވެ. ކިޔުންތެރީންގެ މެދުގައި ޓްވިނަކްލަ މަޝްހޫރު ވެފައިވަނީ "މިސިޒް ފަނީ ބޯންސް" ގެ ނަމުންނެވެ. އެއީ އޭނާގެ ކޮލަމްގެ ނަމެވެ. "މިސިޒް ފަނީ ބޯންސް" އަކީ އިންޑިއާގައި އެންމެ ގިނަ މީހުން ކިޔާ އިނގިރޭސި ކޮލަމެވެ.