
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށްޓަށް ވަޑައިގެންނެވުމުން އެރަށުން ވެސް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ޑރ. ޝަހީމް މިއަދު ހަވީރު ކުޅުދުށްފުށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ވަރަށްގިނަ މީހުން އެއްވެފައިވެއެވެ.
މިދަތުރުފުޅުގައި ޝަހީމްވަނީ ހދ. ހަނިމާދޫ، ކުރިނބީ، އަދި ނޮޅިވަރަމަށް ވެސް ވަޑައިގެންފައެވެ. އެރަށްރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. މިދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ މުހުތާދުތައް އޮޅުން ފިލުވައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާނެއެވެ.